އާމިރް ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން ވަނީ ފައިތުވި ހަތަރު އަހަރެއްހާ ދުވަސް ތެރޭގައި ޑިޕްރެޝަންގެ ތެރޭގައި އުޅެފައެވެ. އަދި އޭނާ ދަނީ މެންޓަލް ހެލްތް އާ ގުޅޭގޮތުންވެސް ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ.
މިހާރު އުމުރުން 23 އަހަރުވެފައިވާ އިރާ އެންމެ ފަހުން އިންޓަގްރާމްގައި ހިއްސާކޮށްފައި މި ވަނީ އެކަމާއި ގުޅުން ހުރި ވީޑިއޯއެކެވެ. އެ ވީޑިއޯގައި އޭނާ ކިޔާދީފައި ވަނީ އުމުރުން 14 އަހަރުގައި އޭނާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަ އެވެ.
އޭނާ ބުނެފައި ވަނީ، އެ ކުރަނީ ކޮން ކަހަލަ ކަމެއް ކަން، އެކަން ކުރި މީހާއަށް ނޭނގޭ ކަމެއް ނުވަތަ ނޫން ކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އެއީ ގޯސްކަމެއް ކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެކަން ވެގެން ދިޔައީ ކޮންމެ ދުވަހަކު ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
އަދި އެކަމުން އޭނާ ސަލާމަތްވެފައި ވަނީ ބައްޕަ އާމިރް ޚާން އަދި މަންމަ ރީނާ ޑުއްޓާ އާ ވާހަކަދައްކައިގެން ކަމަށްވެސް ބުންޏެވެ.
އަހަރެއް ވަރުވެދާނެ އެ މީހުން އެ ކުރަނީ ކޮން ކަމެއް ކަން އެ މީހުންނަށް އެނގޭކަން އަހަރެން ކަށަވަރު ކުރުމަށް. އަހަރެން ވަގުތުން މައިންބަފައިންނަށް އީމެއިލް ކުރިން ހާލަތު، އަދި އެކަމުން އަރައިގަތިން.
އޭނާ ބުނީ، އެކަމުން އޭނާއަށް ބިރުވެރިކަން ވެރިވެފައިނުވާ ކަމަށެވެ. އަދި އެކަމުން އޭނާ އަރައިގަތް ކަމަށާއި، އެކަމަކު އެފަދަ ކަމެއް އަނެއްކާވެސް ވެދާނެ ކަން އޭނާއަށް ހީނުވާ ކަމަށެވެ. އާމިރް އާއި ރީނާ ވަނީ ވަރިވެފައެވެ. އެހެން ނަމަވެސް އެކަމުން އޭނާއަށް އަސަރު ކޮށްފައިނުވާ ކަމަށް އިރާ ބުނެފައި ވެއެވެ.އިރާ ބުނެފައި ވަނީ، އޭނާގެ އާއިލާ ވަރަށް ސަޕޯޓިވް ކަމަށާއި، ގުޅުންވެސް ވަރަށް ރަނގަޅު ކަމަށެވެ.
ކޮމެންޓު ފޮނުވާ