މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިވެއްޖެއެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިވިކަން އާންމުކޮށް ޔުނައިޓެޑުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.
ސޯލްޝެއާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިވެފައި މިވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަޓްފޯޑް އަތުން ބަލިވެފައި ވަނިކޮށެވެ. އަދި ޕްރިމިއާ ލީގުގައިއެންމެފަހުން ކުޅުނު 7 މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވެފައިވަނީ އެންމެ 2 މެޗުންނެވެ. ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އައި ދަށް ނަތީޖާތަކުގެސަބަބުން ސޯލްޝެއާ މަގާމުން ވަކިކުުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.
ލީގުގައި ރޭ ވަޓްފޯޑް އަތުން ވި ބައްޔާއެކު ޔުނައިޓެޑުގެ އެމަންޖެންސީ ބޯޑް މީޓިންއެއް ރޭ ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި މީޓިންއިން ނިންމާފައިވަނީސޯލްޝެެއާއަށް އިތުރަށް ވަގުތުނުދީ ކޯޗުކަމުން ވަކިކުރުމަށެވެ.
ޔުނައިޓެޑުގެ ކޯޗުކަން ސޯލްޝެއާ ދޫކޮށްލިއިރު، އޭނާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ޖޯސޭ މޮރީނިއޯވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އެއަށްފަހު ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން އޭރު ޔުނައިޓެޑުން ރަނގަޅު ނަތީޖާތަކެއް ނެރެމުގެ ސަބަބުން، އިތުރު 3 އަހަރަށް ސޯލްޝެެއާ ކްލަބްގައި ބަހައްޓަން ނިންމިއެވެ.
ސޯލްޝެއާ ވަކިކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރީ އެ ކްލަބަށް ކުރިން ކުޅުނު މައިކަލް ކެރިކްއާއެވެ. މި ސީޒަނުގެ ނިޔަލަށްޔުނައިޓެޑުގެ ކޯޗެއްހެ ގޮތުގައި ހަރަކާތްތެރިވާނީ ކެރިކްއެވެ.
ސޮލްޝެއަރ ގެ ކޯޗު ކަމުގައި ޔުނައިޓެޑުން 168 މެޗު ކުޅެފައިވާއިރު، މޮޅުވެވިފައިވަނީ 92 މެޗުންނެވެ. 35 މެޗުން އެއްވަރުވިއިރު، 41 މެޗުން ވަނީބަލިވެފައެވެ. ސޮލްޝެއަރ ގެ ކޯޗުކަމުގައި ޔުނައިޓެޑަށް އެއްވެސް ތައްޓެއް ހޯދިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ