މިއީ ގޮންޖެހުން ބޮޑު އުދަނގޫ މެޗެއް: ކުލޮޕް

މިއީ ގޮންޖެހުން ބޮޑު އުދަނގޫ މެޗެއް: ކުލޮޕް

Author
އިބްރާހީމް ސާޢިދު
03 ނޮވެމްބަރ 2020 01:55
0

ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރަތުގައި އިޓަލީގެ އެޓްލާންޓާއާ ދެކޮޅަށް ނުކުންނައިރު މެޗަކީ ގޮންޖެހުން ގިނަ އުނދަގޫމެޗަކަށް ވާނެކަމަށް ލިވަޕޫލްގެ ކޯޗު ޔާގޮން ކުލޮޕް ބުނިފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ކުލޮޕް ބުނީ އެޓްލާންޓާގައި އޮތީ ވަރަށް ރަނގަޅު ރެކްރޫޓްމެންޓް ޓީމެއް ކަމަށާއި އެޓީމަކީ އޯގައިނައިޒިން ރަނގަޅު ކުޅުންތެރިން ތިބި ޓީމެއްކަމަށެވެ. މިއީ މިމުބާރާތުގައި ލިވަޕޫލްއިން ކުރިމަތިލާ އެންމެ ގޮންޖެހުން ބޮޑުމެޗުކަމަށް ކުލޮޕް ބުނެފައިވެއެވެ.

އޭނާ ބުނީ އިނގިރޭސި ލީގުގައި ވާދަކުރާ ލީޑްސްގެ ކުޅުމާ އެޓްލާންޓާގެ ކުޅުމާ އެއްގޮތްކަމަށާއި އެހެން މެޗުގައި އެޓީމުގެ ފަރާތުން  އުނދަގޫ ކުރިމަތިވާނެކަމަށެވެ. މެޗަށް ނުކުންނައިރު އަމިއްލަ ފެންވަރު އެނގޭކަމަށްވެސް އޭނާ ބުނެފައިވެއެވެ. ސީޒަންގެ މިހާ ކުރީކޮޅު ގިނަ މުބާރާތް ތަކުގައި ވާދަކުރަން ޖެހުމުން އެހުރިހާކަމަކަށް ފޯކަސް ހުއްޓިފައިވާކަމަށެވެ.

އެއީ މޮޅުކުޅުންތެރިން ގިނަ ވަރަށް އޯގަނައިޒް ޓީމެއް، މެޗުވަރަށް އުނދަގޫވާނެ، މިއީ ލަވަޕޫލަށް ކުރިމަތިވާ ބޮޑު އިމްތިހާނެއް.

– ކުލޮޕް

މެޗަށް ނުކުންނައިރު ލިވަޕޫލް ގުރޫޕްގެ އެއްވަނައިގައި އޮތީ އެޓްލާންޓާއަށް ވުރެ ދެޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެޓްލާންޓާ ދެވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.