ޝުޖާޢުގެ ސުވާލެއް ސަރުކާރަށް: ހުޅުމާލެ ފޭސް2 އާބާދުވި ވަގުތު ކާޑު ގަންނަން ނުލިބުމަކީ ކާމިޔާބެއްތޯ؟

ޝުޖާޢުގެ ސުވާލެއް ސަރުކާރަށް: ހުޅުމާލެ ފޭސް2 އާބާދުވި ވަގުތު ކާޑު ގަންނަން ނުލިބުމަކީ ކާމިޔާބެއްތޯ؟

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2021 01:19
0

ހުޅުމާލެ ކާޑުގުދަން ބަންދުކޮށް ހުޅުމާލެއިން ކާޑު ގަންނަން ނުލިބުމުން ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑުގުދަން ބަންދުކޮށް، އެތަނުން ކުރަމުން އައި ވިޔަފާރި 30 އޮކްޓޫބަރުން ފެށިގެން ލިބޭނީ މާލޭ ކާޑު ގުދަނުންކަމަށް އެސްޓީއޯއިން ބުނާ ނޯޓިސްއެއް ވަނީ ހުޅުމާލެ ކާޑު ގުދަނުގެ ދޮރުގައި ހަރުކޮށްފައެވެ. ހުޅުމާލެ ކާޑު ގުދަނުން ކުރިން ޚިދުމަތްދިނީ ވަގުތީ ގޮތުންކަމަށްވެސް އެ ލިޔުމުގައިވެއެވެ.

ހުޅުމާލެ ކާޑު ގުދަނުން ފޯރުކޮށްދެމުންދިޔަ ޚިދުމަތް ހުޓާލުމާއި ގުޅިގެން ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވަނީ، ކޮވިޑްގެ އެންމެ ނުރައްކާ ހާލަތުގަވެސް ހުޅުމާލެ އިން ހަނޑޫ،ހަކުރު،ފުއް ގަންނަން ލިބުނުކަމަށް ހާމަކުރައްވާ، އެއީ ކޮވިޑާގުޅިގެން އެޅި ފިޔަވަޅެއްނޫންކަމަށް ވިދާޅުވެފައެވެ.

ޝުޖާޢު ވިދާޅުވީ، ހުޅުމާލެ ރައްޔިތުންނަނަށް ހުޅުމާލެއިން ކާޑު ގަންނަން ލިބެންޖެހޭނެކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި ބަސްތާމަގުން އެސް.ޓީ.އޯ ހުޅުމާލެ ކާޑު ގުދަނުން ރައްޔިތުންނަށާއި ވިޔަފާރި ވެރިންނަށް ބޭނުންވަރަކަށް ކާޑު ގަންނަން ލިބޭކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު ހުޅުމާލެ ކާޑު ގުދަން ބަންދުކޮށްފައިވާކަމަށާއި، ހުޅުމާލެ ފޭސް2 އާބާދުވި މިވަގުތު،ހުޅުމާލެ އިން ކާޑު ގަންނަން ނުލިބުމަކީ ކާމިޔާބެއްތޯ ޝުޖާޢު ސުވާލުކުރެއްވިއެވެ.

ޝުޖާޢު ވަނީ ރައްޔިތުމީހާ ޕިކަޕު ކުއްޔަށް ހިފައިގެން ކާޑު ބަސްތާ މާލެއިން ގަނެގެން އަންނަން ޖެހުމަކީ ހެޔޮވެރިކަންތޯވެސް ސުވާލުކުރައްވާފައެވެ. ހުޅުމާލެ ރައްޔިތުންގެ އާދޭހަކީ ހުޅުމާލެއިން ކާޑުލިބޭނެ ގޮތްވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ޢާބާދީ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާއިރު، ހުޅުމާލެއިން ބައެއްް ޚިދުމަތްތައް ނުލިބޭތީ އެފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވާނުވާބަލާބަލަ
ހުޅުމާލެ މީހުން އެބައުޅޭތަ ކާޑު ނުލިބިގެން؟ ހޯލްސޭލް ކޮށް އެސްޓީއޯ އިން ގަނެގެން ވިއްކާ އޭޖެންޓުންވެސް ތިބޭނެ ހުޅުމާލޭގަ. ތިޔައީ އަޖައިބެއް!