ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިދިކޮޅު ހަރަކާތެއް ރާއްޖެއަކު ނެތް: އަލްހާން

ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިދިކޮޅު ހަރަކާތެއް ރާއްޖެއަކު ނެތް: އަލްހާން

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 04:48
0

ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިދިކޮޅު ސިޔާސީ ޙަރަކާތެއް ރާއްޖޭގައި ނެތުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

އަލްހާން އަންނަނީ ފަހަކަށް އައިސް އިދިކޮޅުން ހިންގާ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަލްހާން ވިދާޅުވީ،ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އިދިކޮޅު ސިޔާސީ ޙަރަކާތެއް ރާއްޖޭގައި ނެތުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި، ފެންނަ މަންޒަރަކީ ވަކި މީހަކަށްޓަކައި ޕާޓީތައް ހައިޖެކްކުރެވިފައިވާ މަންޒަރުކަމަށެވެ.

އަލްހާން ވަނީ އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެންވެސް އަލްހާން ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ޤައުމުކަމަށާއި، އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ހެޔޮ އެދޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިއަދު
ޢަވަހަށް ސިޔާސީ ޕާޓީ އެއް އުފައްދާ