މަސްތުވާތަކެއްޗަށް ހުރި ދޮރުތައް މިސަރުކާރުން ބަންދުކުރާނެ: މާރިޔާ

މަސްތުވާތަކެއްޗަށް ހުރި ދޮރުތައް މިސަރުކާރުން ބަންދުކުރާނެ: މާރިޔާ

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 01:18
0

މަސްތުވާތަކެއްޗަށް ހުރި ދޮރުތައް މިސަރުކާރުން ބަންދުކުރާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތައް ވަރުގަދަވެ، ޑްރަގު ނެޓްވޯކުތައް ހިފަހައްޓާ މިންވަރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުވުމާއި ގުޅިގެންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ މިދިޔަ 3 އަހަރުގައި 1 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ އިންތެލިޖެންސް އިދާރާތަކަށްދޭ މަޢުލޫމާތާއި ސަރވައިލަންސް އިތުރުވުމުންކަމަށެވެ. މިކަން މިހެން ހިނގާތީ މުޒާހަރާވެސް ކުރާނެކަމަށާއި، ނަމަވެސް މަސްތުވާތަކަކެއްޗަށް ހުރި ދޮރުތައް މިސަރުކާރުން ބަންދުކުރާނެކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ރާއްޖެއިން މީގެ ކުރިން ޑްރަގު ނެޓްވޯކުތައް އަތުލައިގަންނަނީ 50 ނުވަތަ 80 އެއްހާ ކިލޯގެ މަސްތުވާތަކެއްޗާއި އެކުއެވެ. ނަމަވެސް އެ އަދަދުތައް މައްޗަށް އަރައި އެންމެ ފަހުންވެސް ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

މި އަހަރު މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ 315 ކިލޯއަށް އަރައެވެ. ސަރުކާރުން ވަނީ މިދާއިރާއިން ސަރުކާރުން ކުރާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް ބުނެފައެވެ. އަދިވެސް މިދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
Ahenveta Aagemeehun hifehehtumen netidookuramun.danee
އ އަހުމަދު
ދެން ކީއްވެބާ މަސްތުވާތަކެތި 100 ކިލޯ ނޫނީ 200 ކިލޯ އެތެރެ ކުރިކަމަށް ސައްކުވިޔަސް އެންމެން ދޫކޮށްލަނީ. މަސްތުވާ ތަކެތި އެތެރެކޮށްގެން މީހަކަށް ހުކުމެއް އައިސްފައެއްނުވޭ މިފަހަކުން.