އެކްސަސައިޒް ދޯސްތީއަށް 30 އަހަރު، މިއަދު އެކްސަސައިޒްތައް ފަށަނީ

އެކްސަސައިޒް ދޯސްތީއަށް 30 އަހަރު، މިއަދު އެކްސަސައިޒްތައް ފަށަނީ

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 10:55
0

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ ޓްރައިލެޓަރެލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ" މިއަދު ފެށުމަށް ނިންމައިފިއެވެ.

އެކްސަސައިޒް ދޯސްތީއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.  އެކްސަސައިޒް ދޯސްތީ-15 ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 24 ގެ ނިޔަލަށްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެކްސަސައިޒުގައި ބައިވެރި ވުމަށް އިންޑިއާ ކޯސްޓުގާޑް-އައިސީޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން އެސްއެލްސީޖީއެސް-ސުރަކްޝާ މިހާރު ވަނީ ރާއްޖެއައިސްފައެވެ.

1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެ އެކްސްސައިޒަށް މިއަހަރު 30 އަހަރު ފުރޭނެއެވެ. މި އެކްސަސައިޒްގައި ލަންކާއިން ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2018ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.