ފަހުސުންނަތް ކުރުން ރަގަޅީ މިސްކިތުގައި ފަރުޟު ނަމާދު އަދާކުރި ތަނުގައި ހުރެގެންތަ؟

ފަހުސުންނަތް ކުރުން ރަގަޅީ މިސްކިތުގައި ފަރުޟު ނަމާދު އަދާކުރި ތަނުގައި ހުރެގެންތަ؟

Author
ހުސެއިން
20 ނޮވެމްބަރ 2021 06:17
0

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ފަރްޟު ނަމާދު ކުރުމަށްފަހުގައި ސުންނަތް ކުރުމަށްޓަކައި އެހެންތަނަކަށް ބަދަލުވުމަކީ ސުންނަތެކެވެ.

އެކަމުގެ ދަލީލަކީ މުޢާވިޔާ-ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "إن النبي أمرنا أن لا توصل صلاة بصلاة حتى نتكلم ، أو نخرج".މާނައަކީ : "ވާހަކަ ދައްކާލުމުން ނުވަތަ މިސްކިތުން ނިކުތުމަށް ފަހު މެނުވީ ފަރްޟު ނަމާދާއި ސުންނަތް ނަމާދު ގުޅުވައި ނުލުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރުމެންނަށް އަމުރު ކުރެއްވިއެވެ.".

މި ރިވާޔަތުން ދަލީލު ނަންގަވާ ޢިލްމުވެރިން ވިދާޅުވަނީ ފަރްޟު ނަމާދު ނިމުމަށް ފަހުގައި ސުންނަތް ނަމާދު ކުރުމުގެ ކުރިން ވާހަކަ ދައްކާލުމުން ނުވަތަ ނަމާދު ކުރާތަން ބަދަލު ކޮށްލުމުންނަމަވެސް ދެނަމާދު ދޭތެރޭ ހުރަހެއް ބަހައްޓަން ޖެހޭ ކަމަށެވެ.

ފަރްޟު ނަމާދު ފިޔަވާ އެހެނިހެން ނަމާދުތައް ކުރުން މޮޅު އިތުރުވެގެންވަނީ ގޭގައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. " أَفْضَلُصَلَاةِاَلْمَرْءِفِيبَيْتِهِإِلَّااَلْمَكْتُوبَةَ" މާނައަކީ: "ފަރްޟު ނަމާދު ފިޔަވާ އެހެނިހެން ނަމާދުތައް ކުރުން އެންމެ މާތްވެގެންވަނީ ގޭގައެވެ".

واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.