އިސްލާމީ މަރުކަޒުގެ މިހުރާބާއި، ޤުރުއާނާއިބެހޭ މަރުކަޒުގެ ހާލަތާއިމެދު ޑރ.ޝަހީމްގެ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ޑރ.ޝަހީމް ވަނީ އިސްލާމީ މަރުކަޒުގެ މިހުރާބުގެ މިހާރުގެ ފޮޓޯއެއް ހިއްސާ ކުރައްވައި އެތައް ވަރަށް ބޮޑަށް ވީރާނާ ވަމުންދާތީ ކަންވޮޑުވުން ފާޅު ކުރައްވާފައެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތާއިމެދު ބަހައްޓަންޖެހޭ ފަރުވާއާއި، ސަމާލުކަން ކުޑަވުމުން މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޑރ.ޝަހީމް ވިދާޅުވީ މިފަދަ މަންޒަރުތައް ފެނުމުން، މިއަދޔު މިތިބެވެނީ ކޮން ޒަމާނެއްގައި ކަމާއިމެދުވެސް ސުވާލު އުފެދޭކަމަށެވެ.
އިސްލާމީ މަރުކަޒުގެ ހާލަތު މިހިސާބަށް ދިޔައިރު، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަަށްވެސް އެއްވެސް އަޅަމުލުމެއް ނުބަހައްޓައި، އެކަށީގެންވާ މަރާމާތެއް ނުކުރާތީވެސް ޝަހީމް ވަނީ މިޓުވީޓުގައިވެސް ކަންވޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މީގެ ކުރިންވެސް ޝަހީމް ވަނީ ޤުރުއާނާއިބެހޭ މަރުކަޒުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އިސްލާމީ މަރުކަޒުގެ މިހުރާބުގެ ހާލަތަކީ މީތޯ؟ އަހަރެމެން އުޅެމުން މިދަނީ ކޮން ޒަމާނެއްގަބާއޭ ހިތައް އަރާ؟ ޤުރުއާން މަރުކަޒުވެސް މިހާލަތުގައި. މިކަން ހައްލު ކުރެވޭނެ މަގަކީ ކޮބައިތޯ؟
– އިސްލާމި މިނިސްޓްރީ ޓެގު ކުރައްވައި ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
Islamic Marukaz ge mihraab ge haalathaki meetho? Aharumen ulhemun mi dhanee kon zamaaneh ga baaey hithah araa! Qur'an Markaz ves mihaaluga. Mikankan hallu kureveyne magaki kobaytho? @FaisalNasym pic.twitter.com/9EByHCLVG1
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 18, 2021
ގުރުއާންގެ އިލްމު ފެތުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުވި ސެންޓަރުން އަންނަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީގެ ކޯސްތައް ވެސް ހިންގަމުންނެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެ މަރުކަޒުގެ ހިންގުން ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާކަމަށް ގިނަ އާންމުންދަނީ ބުނަމުންނެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުމުގެ ހަރަދުގެ 90 ޕަސެންޓު ހަރަދުކުރަނީ ޒަކާތު ފަންޑުންނެވެ. ދައުލަތުގެ ބަޖެޓުން ދެނީ ކުޑަ އެއްޗެކެވެ. ސަރުކާރުން މިފަދަ ކަންކަމަށް ސަމާލުކަން ނުދީ ސިޔާސީ މަޤާމުތައް އުފައްދައި، ބޭކާރު ޚަރަދުތައް ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިފަދަ ކަންކަމަކީ އާންމު ރައްޔިތުންނާއި، މުޅި ސަރުކާރުގެ މަސްލަހަތު ހިމެނެން ޖެހޭ ކަންކަމަށްވާއިރު މިކަންކަމަށް ސަރުކާރުގެ މާބޮޑު އަޅާލުމެއް ނެތްކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ