ރައީސް ޞާލިހަކީ ކެތްތެރިކާއި، ހިކުމަތްތެރިކަމާއި ޤައުމު ހިންގެވި ރައީސް: ޤާސިމް

ރައީސް ޞާލިހަކީ ކެތްތެރިކާއި، ހިކުމަތްތެރިކަމާއި ޤައުމު ހިންގެވި ރައީސް: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2021 09:24
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤައުމު ކުރިއަށް ގެންދަވަނީ ވަރަށްވެސް ހިކުމަތްތެރި ކަމަށާއި، ކެތްތެރި ކަމާއިއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅުގެން ތަހުނިޔާ ވިދާޅުވެ ޤާސިމް ކުރެއްވި ޓްވީޓުގައު ވިދާޅުވީ ކޯވިޑް-19ގެ ދަތި އުދަނގޫ ހާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ކެތްތެރިކަމާއި، ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރިއަށް ގެންދެވި މަންޒަރުކަމަށެވެ. އެމަނިކުފާނަކީ ކަންކަން ކުރުމުގައި ވަރަށް ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 3 އަހަރު ފުރުމާއި، ގުޅިގެން އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދި ޖުމްހޫރީ ޕާޓީގެ ނަމުގައި މަރުހަބާއާއި، ތަހުނިޔާ އަރިސްކުރަމެވެ. ރައީސް ޞާލިހަކީ ކެތްތެރިކަމާއިއެކު، ހިކުމަތްތެރި ކަން އިސްކޮށްގެން، ކޯވިޑް-19ގެ ދަތި ހާލަތުގައިވެސް ޤައުމު ކުރިއަށް ގެންދެވި ރައީސެވެ.

– ޤާސިމް ވިދާޅުވިއެވެ.

ސަރުކާރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޤާސިމް ތަހުނިޔާ ވިދާޅުވިނަމަވެސް ސަރުކާރުން ބާއްވާ އެކި ހަފްލާތަކާއި، ބޮޑެތި އިވެންޓުތަކުގައިވެސް ޤާސިމް ބައިވެރި ނުވެއެވެ. އަދި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތަކުގައިގައިވެސް ޤާސިމް މާބޮޑަށް ފެންނަމުން ނުދާކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކޯލިޝަންގެ ލީޑަރުން ދަނީ މަރުހަބާ ދަންނަވަމުންނެވެ، ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަމުން ދަނީ މިއީ މިހާތަނަށް ރާއްޖެ ދުށް އެންމެ "ނުތާހިރު" ތިން އަހަރު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.