އަންނަ އަހަރުގެ ކަލަންޑަރު އިސްލާމިކް މިނިސްޓްރީން ވިއްކަން ފަށައިފި

އަންނަ އަހަރުގެ ކަލަންޑަރު އިސްލާމިކް މިނިސްޓްރީން ވިއްކަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2021 08:34
0

އިސްލާމިކް މިނިސްޓްރީން އަންނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ވޯލް ކަލަންޑަރާއި ޓޭބަލް ކަލަންޑަރު އިއްޔެއިން ފެށިގެން މިިނިސްޓްރީން ވިއްކަމުންދާކަމަށެވެ. މިކަލަންޑަރަކީ ހިޖުރީ ތާރީޚާއި މީދާލީ ތާރީޚާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތު އެނގޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެއްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ވޯލް ކަލަންޑަރެއްގެ އަގަކީ -/25( ފަންސަވީސް) ރުފިޔާއެވެ. ޓޭބަލް ކަލަންޑަރެއްގެ އަގަކީ -/55(ފަންސާސް ފަސް) ރުފިޔާއެވެ. ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބިލްކުރާގޮތަށް ކަލަންޑަރު ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކަލަންޑަރު ލިބެން ހުންނާނީ ރަސްމީގަޑީގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުން ކަމުގައި އިސްލަމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.