الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފަހެ ހަމަ ކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައި ވަސައްލަމްގެ ފަރާތުން ވާއިލް ބިން ޙަޖަރު ރިވާކުރެއްވި ޙަދީޘަކުން ޝަހާދަތް އިނގިލި ޙަރަކާތް ކުރުން ޘާބިތުވެއެވެ.
ޙަދީޘުގައިވެއެވެ. ((ثم قبض ثنتينمن أصابعه وحلق حلقة ثم رفع إصبعه فرأيته يحركها يدعو بها.))މާނައަކީ؛ " ދެން އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމްދެ އިނގިލި ލައްޕަވްއިލައްވައިއަދި ވަށްބުރަކަށް ވަ ގޮތަށް ހައްދަވައިޝަހާދަތްއިނގިލި އުފުލަވައެވެ. އަދިޝަހާދަތްއިނގިލިޙަރަކާތްކުރައްވަވާދުޢާ ކުރައްވަނިކޮށްވެސް ތިމަންނަ ދުށީމެވެ." = أخرجهأحمد وأبو داودوغيرهما =
މި ޙަދީޘުގެ އަލީގައި ފުރަތަމަ އައްތަޙިއްޔާތުގައާއި ދެވަނަ އެއްތަޙިއްޔާތުގައި ޝަހާދަތް އިނގިލިން އިޝާރާތް ކުރެއްވުން ޢިލްމުވެރިން ދަލީލު ނަންގަވައެވެ.
އިބުނުލަޤައްޔިމް ޒާދުލް މަޢާދުގައި ދެ އައްތަޙިއްޔާތުގައިވެސް ޢަމަލު ކުރަން ޖެހެނީ މިގޮތަށްކަމަށްބަޔާންކޮށްފައިވެއެވެ. " އައްތަޙިއްޔާތަށް އިށީންނަވާ ކަނާތުފައިގެ ފަލަ މަސްގަނޑުމަތީ ކަނާތް ބާއްވައި ޝަހާދަތް އިނގިލި ފިޔަވައި އެހެން އިނގިލިތައް ލައްޕަވައެވެ."
والله أعلم