"ސޫރްޔަވަންޝީ" ޑިސެމްބަރު މަހު ނެޓްފްލިކްސް އަށް

"ސޫރްޔަވަންޝީ" ޑިސެމްބަރު މަހު ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
16 ނޮވެމްބަރ 2021 09:28
0

އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ އުންމީދީ ފިލްމް "ސޫރްޔަވަންޝީ" މި މަހުގެ 5 ގައި ވަނީ ރިލީޒް ކޮށްފައެވެ. އަދި އުންމީދު ކުރި ގޮތަށް މި ފިލްމުން ވަނީ ބޮކްސް އޮފީހުގައި 100 ކަރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.

ރިލީޒް ކުރިތާ މަހެއް ފަހުން ނެޓްފްލިކްސްއަށް މި ފިލްމް އަންނަ އިރުގައި މީޑިއާގެ ރިޕޯޓްތަކުން ބުނާގޮތުގައި މި ފިލްމް ގެ ޑިޖިޓަލް ރައިޓްސް ވިއްކާލާފައިވަނީ 65-70 ކްރޯޑް ރުޕީސް (8.73-9.40 މިލިއަން ޑޮލަރު) އާ ދޭތެރޭ އަގެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފިލްމު ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ފަށާނެއެވެ.

ވަރަށް މަސްހުނި ހިޔާލުތަކަކާއެކު މިފިލްމް ރިލީޒް ކުރީ ކޯވިޑްގެ ސަބަބުން އެތަށްފަހަރެއްގެ މަތިން ފިލްމު އަޅުވާ ތާރީހަށް ބަދަލު ގެނައުމަށްފަހުއެވެ.

ފިލްމު އެޅުވުމާއެކު ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބުމުން، ކޯވިޑްގެ ސަބަބުން ވާނުވާ ނޭނގޭ ލިސްޓުގައިވާ އެތައް ފިލްމުތަކެއް ކައިރި މުސްތަގުބަލެއްގައި ފެނިގެން ދާނެކަމަށް ބެލެވެއެވެ.

ކޯވިޑްގެ ސަބަބުން ގިނަ ފިލްމް ތަކެއް ވަނީ އެޅުވުން ފަސްކޮށްފައެވެ. މި ފިލްމުތައް ރިލީޒްވާނެ ތާރީހެއް ނޭނގޭ އިރު ބައެއް ފިލްމުތައް ވަނީ ޑިޖިޓަލް ޕްލެޓްފޯމް ގައި ރިލީޒްވެސް ކޮށްފައެވެ.

"ސޫރްޔަވަންޝީ" އަކީ ރޯހިތު ޝެއްޓީގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ގެނެސްދިން ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.