އެއްބަސްވުންތައް ހާމަކުރަން ގޮވާލުމުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން!

އެއްބަސްވުންތައް ހާމަކުރަން ގޮވާލުމުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން!

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2021 08:46
0

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަސް ހާމަކޮށް އެކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާ ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލެއްވުމުން އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން އަމާޒު ވެއްޖެއެވެ.

އންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ހަސަން ސަރުކާރަށް ގޮވާލައި ކުރެއްވި ޓުވީޓަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ. ހަސަން އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، 214 ކޮމެޓީގައި އިންނަވައި، އެއްބަސްވުންތައް ހާމަކުރުމަށް މަސައްކަތް ނުކުރާކަމަށްބުނެއެވެ.

މިމައްސަލާގައި ހަސަންއަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އެމްއެންޑީއެފުން މިއެއްބަސްވުނަރައް 241 ކޮމެޓީގައި ހިއްސާ ކުރެއްވިއިރު ހަސަން މިފަދަ ގޮތަކަށް ޓުވީޓު ކުރައްވަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. އަދި ޑިފެންސް އެގްރީމަންޓް ތަކަކީ އެއްވެސް ހާލެއްގައި އާންމު ރައްޔިތުންނާއި ހިއްސާ ކުރާ މައުލޫމާތުތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރުނ ހަސަންވެސް އިންނަވާ 241 ކޮމެޓީއަށް އެމްއެންޑީއެފް ހާޒިރުވެ ޔޫޓީއެފް އެއްބަސްވުން ބޮޑު ސްކްރީންއަށް އަޅުވައިގެން ކިޔާނެވަރަކަށް ކިޔަން ދެއްވިކަމަށް ނައިބް މުގައްރިރު ހުސެއިން ޝަހީމް ވިދާޅުވި. ޑިފެންސް އެގްރީމަންޓްތަކަކީ އެއްވެސް ޤައުމެއްގައި އާންމުންނަށް ދޫކޮށްލާ ލިޔުމެއްނޫންތޯ. ކޮބައިތޯ އިންޓެންޝަނަކީ؟

– އިކްރާމް ސުވާލު ކުރެއްވިއެވެ.

އިކްރާމްގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ ހަސަން 241 ކޮމެޓީގައި އިންނަވައި ޒިންމާ އަދާނުކޮށް، ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ދެއްކުމަކީ ލަދުވެތިކަމެއްކަމަށެވެ. އެގްރީމަންޓްތަކައިމެދު ސުވާލު އުފެދޭނަމަ ހަސަން އަމިއްލަފުޅަށް އަދާކުރައްވަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް އޭނާ ވަނީ ހަސަންއަށް ގޮވާލާފައެވެ.

241 ކޮމެޓީގައި އިންނަވާ، އެގެ އަސްލު ޤާނޫނީ ޒިންމާ އަދާ ކުރެއްވުމުގެ ބަދަލުގައި ސޯޝަލް މިޑިއާގައި މިވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް. ސުވާލު އުފެދޭނަމަ ހަވާލުވެ ހުންނެވި ޤާނޫނީ ޒިންމާ އަދާ ކުރުމަށް ހަނދުމަކޮށް އަރުވަން.

– އިސްމާޢީލް އަޙްމަދު ވިދާޅުވިއެވެ.

އެގްރީމަންޓްތައް ހަމަކުރުމަށް ހަސަން ގޮވާލުމުންގިނަބައެއްގެ ތައުރީފް ހަސަން އަށްލިބިފައިވާއިރު، ބައެއް މީހުންގެ ފާޑުކިޔުން ވަނީ ހަސަންއަށް އަމާޒުވެފައެވެ. ގިނަ އަދަދެއްގެ ރައްޔިތުން އިންޑިއާއާއިއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ސުވާލު އުފައްދާއިރު، އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްވާފަދަ ކަމެއް ނެތްކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކާއި އެއްވުންތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް އައިސް އެވާހަތައް ދައްކަމުންދާއިރު ސަރުކާރުން އޮތީ ހަމަހިމޭނުންނެވެ. އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ހުރިހާ އެއްބަސްވުނަތަކެއް ހާމަކޮށް، އެއްބަސްވުންތަކުގައި ހުރި ކަންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ.

އެއްވެސް އެއްބަސްވުމެއް ފޮރުވައިގެން ސިއްރުކުރަން ނޫޅޭކަމާއި، އަދި އިންޑިއާއާއިން ހޯދަމުންދަނީ ކޮން ބާވަތްތަކުގެ އެހީތަކެއްކަމެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. މިއީ ވެރިކަން ކުރާ ކޯލިޝަން އަދި އެމްޑީޕީގެ އިސްބޭފުޅަކު މިހާ ފާޅުކަން ބޮޑުކޮށް އެއްބަސްވުންތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލި ފުރަތަމަ ފަހަރެވެ.

އުުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއް. ފޮރުވައިގެން ސިއްރު ކަންކަން ކުރަން ނޫޅޭކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރިކަމެއް.

– ހަސަން ވިދާޅުވިއެވެ.

އިންޑިއާއާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތަށް ނުރައްވާ އެތައްކަމެއް ހުރިކަމަށް ބުނެ އިދިކޮޅު ފަރާޓްތަކުން ދަނީ އެއްބަސްވުނަތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ވަގުތުން ބޭލުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިންޑިއާއާއިއެކު ހަދާފައިވާ ގިނަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށް، އަޅުވެތިކަމުގެ ބިރު އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
Mdp ehmen raavaagen hadaa ehbas.vun takenta.dome amihlagaimaa rahyitun deke.loobi nuvaa mdp
ށ ށަމީރު
ޥައިކުޑައިގަަ ޓިކެޓުހޯދަންް އަލައްް އެމްޑީޕީއައްް ފުންމާލިި ގުރޫޕްް ތިބެނީީ އެމްޑީޕީގެ ދުވަސްވީީ ސީނިއަ މީހުނާާ ގައްސާލާފަަ ޒާތީވެފ