ނޫސްތަކުން ޚަބަރު ލިޔާއިރު، ޚަބަރުގައި ބޭނުން ކުރަމުންދާ ފޮޓޯއަކީ އަބަދުވެސް އެއްފޮޓޯއަކަށް ވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ފާޅު ކުރައްވައިފިއެވެ.
އިކްރާމް އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބު މެމްބަރެއްވި ނަމަވެސް ގިނަ ބަޔެއްގެ ސަމާލުކަން ބޮޑު މެމްބަރެކެވެ. މެމްބަރު އިކްރާމް މިއަދު ވިދާޅުވީ ނޫސްތަކުން އޭނާގެ ޚަބަރު ލިޔާއިރު އަބަދުވެސް އެއްފޮޓޯއެއް ބޭނުން ކުރަމުންދާކަން ފާހަގާވަކަމަށެވެ. އަދި އެގޮތަށް އެކަން ނުކޮށް، ރިޕީޓް ނުވާނެގޮތަކަށް ނޫސްތަކުގައި ފޮޓޯ ބޭނުން ކުރެއްވުމަށް ވަނީ އެދިފައެވެ. އަދި ފޮޓޯ ބޭނުންވާނަމަ އޭނާއަށް މެސެޖް ކޮށްދެއްވުމަށްވެސް ވަނީ އެދިފައެވެ.
ނޫސްތަކުން އަޅުގަނޑުގެ ޚަބަރުތައް ލިޔާއިރު އަބަދުވެސް އެއް ފޮޓޯއެއް ބޭނުން ކުރާކަމަށް ފާހަގަ ކުރެވޭތީވެ.. އިތުރު ފޮޓޯ ހޯދުމަށް މެސެޖް ކުރައްވާ.
– އިކްރާމް ވިދާޅުވިއެވެ.
Noosthakun alhuganduge habareh liyaa iru abadhu eh fotoeh beynun kuraakamah faahaga kureveytheeve…. Ithuru foto pls dm on twitter. @KhabaruOnline @addulive @Mihaarunews @DhenOnline @oneonlinemv @rasonlinemv @raajjemv @psmnewsmv @cnm_mv pic.twitter.com/eRGEpyVker
— Ikram Hassan MP (@ikramhassan) November 13, 2021
އިކްރާމްވަނީ މިއަދުވެސް ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ކުރަމުންދާ ކެމްޕޭނަށް ފާޑުވިދާޅުވެފައެވެ. އިކްރާމް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ހަމަޖެހުން ނަގާލުމާއި ފަރުވާއަށް އިންޑިއާއަށްދާ ދިވެހިން ހުއްޓުވުމާއި، އިންޑިއާއިން ދޭ އެހީތައް ހުއްޓުވުމާއި، އިންޑިއާއިން ޓޫރިސްޓުން އައުން ހުއްޓުވުންކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަލަލުކޮށްލާ އިންޑިއާއާއި ރާއްޖެ ޖެއްސުމަކީވެސް އެ ހަރަކާތުގެ މަޤްޞަދެއްކަމަށް އިކްރާމް ވިދާޅުވިއެވެ.
އިކްރާމްއަކީ ސަރުކާރު ދިފާއުކުރެއްވުމަށް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ތެރެއިން ފާހަގަކޮށްލެވޭ މެމްބަރެކެވެ.
ކޮމެންޓު ފޮނުވާ