މަރުވެފައި އޮތް ބޮޑޫ މަހެއް އައްޑޫ ސިޓީ ހިތަދޫއަށް ލައްގައިފިއެވެ.
މި މަސް މިއަދު 10:40 ހާއިރު ހިތަދޫ ފަރުމައްޗަށް ލައްގާފައިވާއިރު، މަސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ބޮޑު މިނުގައި 40 ވަރަކަށް ފޫޓު ހުރި މި މަސް ލައްގާފައިވަނީ އައްޑޫސިޓީ ހިތަދޫގެ ހުޅަނގު ފަރާތު ނޭޗާރޕާކާ ދިމާ ފުއްޓަރަށެވެ.
ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނޫޅޭ މަހެއް ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ބޮޑުމަސް ވަދެ އުޅެއެވެ. އަދި މަރުވެގެން މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ލައްގާފައިވެއެވެ.
ކޮމެންޓު ފޮނުވާ