މީހަކު ބަރަހަނާކޮށް ބްލެކްމެއިލްކުރި މައްސަލަގައި 3 މީހަކު ހައްޔަރުކޮށްފި

މީހަކު ބަރަހަނާކޮށް ބްލެކްމެއިލްކުރި މައްސަލަގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2021 07:23
0

މާލޭގައި މީހަކު ބަރަހަނާކޮށް ބިރުދައްކައި ބްލެކްމެއިލްކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭޣައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމައިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނުކަމުގެ މައްސަލައެއް ރޭ 03:49 ހާއިރު ފުލުހުނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލައާއިގުޅިގެން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.