ބަސްބުނުމުގެ މިނިވަންކަމަކީ އެންމެ އަސާސީ ހައްގުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިފަދައިން ވިދާޅުވެފައިވަނީ ގްރޭޓާރ މާލެ ސަރަހައްދަށް ސިޓީ ކައުންސިލެއް ބޭނުން ނުވާކަމަށާއި، މިސަރަހައްދުގެ އެންމެހައި ކަންކަން ކުރަންވީ މައި ސަރުކާރުން ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓާއިމެދު ލަދުވެތިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ.
ފާޑުކިޔުންތަކާއިއެކު އިކްރާމް ވަނީ ސިޔާސީ މީހަކު ޓްވީޓެއް ކޮށްފާނެ 5 މަޤުސަދެއްވެސް ހިއްސާ ކުރައްވާފައެވެ. އިކްރާމް ވަނީ އެފަސްކަންތައް ހިއްސާ ކުރައްވައި ބަސްބުނުމުގެ މިނިވަންކަމަކީ އެންމެ އަސާސީ ހައްގުކަމަށް ވިދާޅުވެފައެވެ.
ސިޔާސީ މީހަކު ސިޔާސީ ޓްވީޓެއް ކޮށްފާނެ މަޤްސަދުތަކެއް ހުރޭ:
- ވިސްނުމެއް އުފަންކުރުން
- ޕަބްލިކް ބިސްނާގޮތް ދެނެގަތުން
- މައުލޫމާތެއް ހިއްސާކުރުން
- ބަޕްލިކަށް މެސެޖެއް ދިނުން
- އަމިއްލަ ޕަބްލިސިޓީއަށް ކަމެއް ކޮށްލުން
ބަސް ބުނުމުގެ މިނިވަން ކަމަކީ އެންމެ އަސާސީ ހައްގު.
– އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ކުރެއްވި ޓްވީޓާއި ގުޅިގެން ހަސަން ކުރެއްވި ކުރު ޓްވީޓުގައި ވިދާޅުވީ އިކްރާމްގެ ވާހަތަކާއިމެދު ލަދުވެތިވާކަމަށެވެ. އަދި އެމްޑީޕީއަކީ އިކްރާމް ވިދާޅުވިފަދަ ގޮތަކަށް ކަންކަން ކުރާ އަދި އެވިސްނުމަށްވެސް ތާއީކުރާގެ ޕާޓީއެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.
ލަދުވެރި ކަމާއިއެކު ދަންނަވަން. މެމްބަރު އިކްރާމް ހަސަންގެ ޓްވީޓުގައި އެވަނީ އެމްޑީޕީގެ ވިސްނުމެއްނޫން.
– ހަސަން ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ކުރިން އޮތް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ބާރުދޫކޮށްލައި އެކުލަވާލި ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ސާފު އައިލަބިއްޔަތު ނަގާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. އިކްރާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީ އޭރިއާ ނުވަތަ ގްރޭޓާ މާލެ އޭރިއާއަކީ އެއްވެސް ހާލެއްގައި ސިޓީ ކައުންސިލެއް އޮންނަންޖެހޭ ތަނެއް ނޫންކަމަށެވެ. މިއީ މައި ސަރުކާރު ހިންގާ ސިޓީއަށް ވެފައި މިސިޓީގައި އިތުރު ކައުންސިލެއް އޮންނަން ޖެހޭކަމަށް ނުދެކޭކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ