ފީއަލީގެ ދޯންޏަކުން 7 ކިލޯގެ މާވަހަރެއް ހޮވައިފި

ފީއަލީގެ ދޯންޏަކުން 7 ކިލޯގެ މާވަހަރެއް ހޮވައިފި

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 06:41
0

ފ.ފީއަލީ މަސްވެރިކަން ކުރަމުްދިޔަ ދޯންޏަކުން 7 ކޮލޯގެ މާވަހަރެއް ހޮވައިފިއެވެ.

މިމާވަހަރު ވިއްކާލުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރުވަނީ ފަށާފައެވެ. މިއީ ވާހަރެއްކަން ޔަގީން ވެފައިވާއިރު، މާވަހަރު ހިފައިގެން މިހާރު ދޯނިވަނީ ފީއައްޔަށް ގޮސްފައެވެ.

މިމާވަހަރު ފެނިފައިވަނީ ފ.ފީއައްޔާއި ދިމާލު ބޭރުންނެވެ. މާހަރަކީ އަގުބޮޑުކޮށް ވިއްކާލައި ބޮޑު އާމްދަނީއެއް ލިބޭ އެއްޗެކެވެ. ދޯނިން މާވަހަރު ހޯދިއިރު ދޯނީގައި 12 ފަޅުވެރިން ތިއްބެވެ.

މާވަހަރު ނުވަތަ އަންބަރަކީ ގޮންމާމަހުގެ ހަޖަމުކުރާ ނިޒާމުން އުފައްދާ ބޭރުކުރާ، އުށާ ވައްތަރު ގޮތެއް ހުންނަ ހުޅުހިފާ ގަނޑު މާއްދާއެކެވެ. މާވަހަރު އެކުލެވިގެންވާ އަސްލު މާއްދާ އުފެދެނީ ގޮންމާމަހުގެ ގޮހޮރުގައެވެ. ގޮންމާމަހަކީ ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ މަހެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު ގިނަ އަދަދަކަށް މާވަހަރު ހޮވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.