އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާކުރެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ހަމަޖައްސައިފިއެވެ.
ބެޖެޓް ކޮމިޓީގެ މުޤައްރުރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮސްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
ބަޖެޓް ދިރާސާ ކުރުމުމަށް ގަވަރުނަރުނަރާއި، އޮޑިޓަރ ޖެނެރަލް ދެކޭ ގޮތް ސާފު ކުރުމަށް ލިޔުމުން ހޯދަން ވަނީ ފާސްކޮށްފައެވެ. މިލިޔުންތައް ލިބުމަށްފަހު ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލް އާއި ބައްދަލު ކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއިވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިވަން މުވައްސަސާތަކުން ބަޖެޓާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް 5 ދުވަސް ތެރޭގައި ހިއްސާ ކުރުމަށް ދަންނަވަން ވަނީ ފާސްކޮށްފައެވެ. މިބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމެޓީއަށް ލިބޭ މައުލޫމާތުތަކައިއެކު އަންނަ އަހަފްތާގެ ހޯމަ ދުވަހު ކޮމެޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.
2022ވަނަ އަހަރު ޖުމުލަ ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާއެވެ. މިއީ 2021ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ ޢާމްދަނީ އާ އަޅައިބަލާއިރު %23 އިތުރު އަދަދެކެވެ. 2022ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން 2.9 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ދައުލަތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެފިޝަންޓްކުރުމަށާއި ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެއްކަމަށެވެ.
ކޮމެންޓު ފޮނުވާ