ރާއްޖޭގެ އިޤުތިސާދު ކުރިއަރަމުން މި އަންނަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް: އަމީރު

ރާއްޖޭގެ އިޤުތިސާދު ކުރިއަރަމުން މި އަންނަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް: އަމީރު

ރާއްޖޭގެ އިގްތިސާދު ކުރިއަތަމުން މިއަންނަނީ، މި އަންނަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް ކަމަުގައި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.

2022 އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބެޖެޓް މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅު ވެފައިވަނީ، މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ 5 އިގުތިސާދުގެ ތެރޭގައި ކަމުގައެވެ.

ރާއްޖޭގެ އިގުތިސާދު ދުނިޔޭގެ އިގްތިސާދީ ދުވެއްޔަށްވުރެވެސް އެތައް ގުނައެއް ބާރަށް ކުރިއަރަކުންދާ ކަމަށް ފިނޭންސް މިނިސްޓަރި ވިދާޅުވެފައިވި ނަމަވެސް، ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް ކަމުގައި މަޖިލީހަށް ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައވެ.

މިގޮތުން ބެޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދެއްގެ ގޮތުގައި ހިމެނެނީ ބެޖެޓްގެ ދަރަނި ފޫބެއްދުމަށް ހޯދަންޖެހޭ 9.7 ބިލިއަން ރުފިޔާއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައެވެ.

މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތައެވެ.

އެހެންނަމަވެސް، ދައުލަތުގެ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރައްވާކަމަށް ވިދާޅުވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށް ކުރުން ކަމުގައެވެ.

މި ޖަލްސާގައި ވާހަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ރާއްޖޭގެ  ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫން ކަމަށާއި، ސަބަބަކީ ރާއްޖެއަށް ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއްކަމުގައިވުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *