ރަށްރަށަށް ބެނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށެވެ. އަދި ދެން ހުރި އެމްބިއުލާންސްތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެމްބިއުލަންސް ފޮނުވި ރަށްތައް:
- އއ.ތޮއްޑޫ
- ފ.ބިލެއްދޫ
- ތ. ގާދިއްފުށި
- ތ.މަޑިފުށި
- ގއ. ގެމަނަފުށި
- ކ.މާމެންދޫ
- އދ.ދަނގެތި
- ކ.ހުރާ
- ބ.ކުޑަރިކިލު
- ބ.ތުޅާދޫ
- ޅ.ކުރެންދޫ
- ރ.އިނގުރައިދޫ
- ނ.މިލަދޫ
- ނ.ހެނބަދޫ
- ށ.މަރޮށި
- ށ.ފޯކައިދޫ
- ހދ.ނޮޅިވަރަން
- ހދ.މަކުނުދޫ
- ހއ.އުލިގަމު
- ހއ.ފިއްލަދޫ
މިއީ މިދިޔަ ޖޫންމަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކުރި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ތެރެއިން ގެނައި އެމްބިއުލާންސްތަކެކެވެ. ސަރުކާރުން ވިދާޅުވީ މިފަހަރު އެމްބިއުލާންސްތައް ފޮނުވާފައިވަނީ އެންމެ ބޮޑަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވާ ރަށްތަކުގެ ތެރެއިން 20 ރަށަށްކަމަށެވެ.
As mutually agreed on the MOU signed between STO and @MoHmv, The first 20 Ambulances have arrived to Male’ pic.twitter.com/t4ERSBKkl8
— STO (@stoplc) October 13, 2021
ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ