ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދިއްދޫގައި ހިތްގައިމު ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދިއްދޫގައި ހިތްގައިމު ޕާކެއް

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2021 02:33
0

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފިއެވެ.

މި ކޮމިއިނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ. ރަށުގެ ގޮނޑުދޮށާ ކައިރީގައި ގާއިމުކޮށްފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބެކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބުމަށް ވަސީލަތްތައް ބެހެއްޓިފައިވެއެވެ. މީގެ އިތުރުން ފޮތްހަރުގަޑެއްވެސް މި ޕާކުގައި ބެހެއްޓިފައި ވެއެވެ.

ދިއްދޫ އަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން މިރަށުގައި ވަރަށް މަދު. އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އަޅުގަނޑުމެން ކުލަބުން ނިންމީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހެޅުމަށް. އެގޮތުން މިތަނުގައި ބާރބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީ އެއްވަނީ ތަރައްގީ ކުރެވިފައި. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން.

– ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ.

އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.