އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ، ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޑޮކްޓަރ މުޙައްމަދު ޞާލިޙް އެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެ ފެންވަރުގައެވެ.
އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރ މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޑޮކްޓަރ މުޙައްމަދު ޞާލިޙް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެ ފެންވަރުގައެވެ.
— Ibrahim Hood (@MvSpokesperson) November 2, 2020
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަށް ޢައްޔަނުކުރެއްވި ޑރ.ޞާލިހަކީ ސިއްޙީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރާއްޖޭގައި މަޝްހޫރު ސާޖަން ޑޮކްޓަރެކެވެ. ޑރ.ޞާލިޙް ވަނީ ހޮސްޕިޓަލް މެނޭޖުމަންޓް ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައެވެ.
ޑރ.ޞާލިޙު އެމަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިންގަމުން އައިސްފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތައްޔާރު ކޮށްފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުން ޚިދުމަތްދޭން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ