ފޭސްބުކް ކުންފުނީގެ ސީއީއޯ ޒުކަބާގް، ކުންފުނީގެ ނަން މެޓައަށް ބަދަލު ކޮށްފިކަން ވާޒުއަލްކޮށް ބޭއްވުނު އިވެންޓެއްގައި އިއުލާން ކުރައްވަނީ

ގިނަބައެއްގެ ފާޑުކިއުމާއި، ޕްޝަރާއި ކުރިމަތި ލާންޖެހިގައިވާ ފޭސްބުކް ކުންފުނީގެ ނަން "މެޓަ"އަށް ބަދަލު ކޮށްފި

ގިނަބައެއްގެ ފާޑުކިއުމާއި، ޕްޝަރާއި ކުރިމަތި ލާންޖެހިގައިވާ ފޭސްބުކް ކުންފުނީގެ ނަން "މެޓަ"އަށް ބަދަލު ކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމު ކަމުގައިވާ ފޭސްބުކް ކުންފުނީގެ ނަން "މެޓަ"އަށް ބަދަލުކޮށް، އެ ކުންފުނި ރީބްރޭންޑް ކުރައްވާނެކަން، ފޭސްބުކްގެ ވެރިޔާ މާރކް ޒުކަބާގް އިއުލާން ކުރައްވައިފިއެވެ. ޒުކަބާގް ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަވަނީ، އޭނާ މިހާރު ކުރިމަގަށް އުއްމީދު ކުރައްވާ "ވާޗުއަލް ރިއަލިޓީ"ގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމުގެ ގޮތުންނެވެ. މިގޮތުން، އޭނާ ތައާރަފް ކުރައްވުމަށް މިހާރު މަސައްކަތް ކުރައްވާ "ވާޗުއަލް ރިއަލިޓީ" ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "މެޓަރވާސް" (metaverse)އެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޒުކަބާގް ފޭސްބުކް ކުންފުނި ރީ ބްރޭންޑު ކުރުމަށް ނިންމަވާފައިވަނީ، މިހާރު ލީކްވެފައިވާ "ފޭސްބުކް ޕޭޕާރސް" ތަކުން މީހުންގެ ޝައުގުވެރިކަން އަބުރާލުމުގެ މަގުސަދުގައެވެ. ލީކުވެފައިވާ މި ޑޮކިއުމްނަޓްތަކަކީ، ނޫސް އޭޖެންސީތަކުގެ ކޯންސޯޓިއަމްގެ ނަމުގައި ހުރި ޑޮކިއުމަންޓް ތަކެކެވެ. މީގެ ތެރޭގައި މަޝްހޫރު ނޫސް އޭޖެންސީ އެސޯޝިއޭޓް ޕްރެސްވެސް ހިމެނެއެވެ.

ފޭސްބުކްގައި ކުރިން މަސައްކަތް ކުރި މުވައްޒިފެއް ކަމުގައިވާ، ވިސްލް ބްލޯވަރ (ސިއްރު މައުލޫމާތުތައް ލީކު ކޮށްލި ފަރާތް)، ފްރާންސެސް ހައުގެން އެންމެ ފުރަތަކަ އާންމުކުރި މި ލިޔެކިޔުންތަކުން އެގެން ހުރި ގޮތުގައި، ފޭސްބުކް ޕްލެޓްފޯމުގެ ސޯޝަލް އަލްގޮރިދަމްއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ވަމުންދިޔަ، މުޖަތަމަޢުތައް ބަލައިނުގަންނަ، ނުވަތަ މުޖުތަމަޢުތަކަށް ގެއްލުންހުރި ކަންކަމާއި ގުޅޭގޮތުން ފޭސްބު ކުންފުނީގެ ތެރޭގައި ދީފައި ހުރި އިންޒާރުތައްވަނީ ބޮލާލާ ޖަހާފައެވެ. ނުވަތަ އަޅާނުލާ ދޫކޮށްލާފައެވެ.

ފޭސްބުކް ކުންފުނި ރީ ބްރޭންޑް ކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވަމުން ޒުކަބާގް ވިދާޅުވެފައިވަނީ، އޭނާ އުއްމީދު ކުރައްވަނީ، އެނާ ތަޢާރަފް ކުރައްވާ ވާރޗުއަލް ރިއަލިޓީ ޕްލެޓްފޯމް، މެޓަވަރސްއަށް ކުރިޔަށް އޮތް 10ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިއަން މީހުންނާއި ހަމައަށް ފޯރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މެޓަރވާސްއަކީ، މީހުންނަށް އެކަކުއަނެކަކާ މުއާމަލާތު ކުރެވި، އެކަކު އަނެކަކާއެކީ މަސައްކަތް ކުރެވި، އުފެއްދުންތަކާއި އެއާބެހޭ މައުލޫމާތު އުފައްދާ، އަދި އުފެއްދުންތެރި މީހުންނަށް އެތައް މިލިއަން ވަޒީފާއެއް އުފައްދާދޭނެ އެކޯސިސްޓަމްއަކަށް ވެގެންދާނެއެވެ.

ފޭސްބުކް ކުންފުނި ރީ ބްރޭންޑް ކުރައްވާނެކަން ޒުކަރބާގް އިއުލާން ކުރައްވާފައި މިވަނީ، ފޭސްބުކްގެ ދެމި އޮތުމާމެދުވެސް ސުވާލު އުފެދޭވަރު ގިނަ ކާރިސާތަކާއި އެ ކުންފުންޏަށް ކުރިމަތި ލާން ޖެހިފައި ވަނިކޮށެވެ. މިގޮތުން "ފޭސްބުކް ޕޭޕާސް"ތައް އާންމު ވެގެން ދިއުމަށްފަހު، ދުނިޔޭގެ އެތައް ގައުމެއްގައި ގާނޫނީގޮތުންނާއި އަދި އެނޫން ގޮތުންވެސް އެ ޕްލެޓްފޯމަށްވަނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައެވެ.

ފޭސްބުކް ރީ ބްރޭން ކުރައްވާނެ ގޮތުގެ ތަފްސީލުތަކަށް ވަޑައިގަންނަވަމުން ޒުކަރބާގް ވިދާޅުވެފައިވަނީ، "ފޭސްބުކް" މިނަން، ކުންފުނިން ހިންގާ ޕްރައިމަރީ ނެޓްވާރކްތައް ކަމުގައިވާ، އިންސްޓަގްރާމް، މެސެންޖަރ، ކުއެސްޓް ވީއާރު ހެޑްސެޓް، އަދި ހޮރައިޒަން ވީއާރު ޕްލެޓްފޯމްގެ އިތުރުން، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކެއް ތަސައްވުރު ނުކޮށްދޭ ކަމުގައެވެ.

"މިއަދު އަހަރެމެންމަށް ފެންނާން މިހުރީ ސޯޝަލް މީޑިއާ ކުންފުންޏެއް،" ޒުކަބާރގް ވިދާޅުވިއެވެ. "އެހެންނަމަވެސް އަހަރެމެން ޑީއެންއޭގައި ވާގޮތުން އަހަރެމެންނަކީ، އެކަކު އަނެކަކާ ގުޅުވާދޭ ޓެކްނޮލޮޖީތައް އުފައްދާ ތަޢާރަފް ކުރާ ކުންފުންޏެއް."

އޭނާ ވިދާޅުވި ގޮތުގައި، ފޭސްބުކް ސޯޝަލް ނެޓްވާކްގެ ނަން މި ބަދަލާއެކު ބަދަލުވެގެން ނުދާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މެޓަވާރސްއަކީ އާ ގޮތެކެވެ. ކުރީގެ ގުރީކް އަދި ލެޓީން ލިޓްރޗަރއާއި ތާރީޚްގެ އިތުރުން ފިލޯސަފީއަށްވެސް ލޯބިކުރައްވާ ޒުކަރބާގް ވިދާޅުވި ގޮތުގައި "މެޓަ" (meta) މިބަހަކީ ގުރީގް ބަހެއް ކަމަށާއި އަދި ބިސް އުފެދިފައިވަނީ، ގުރީކް ބަހުން ބިޔޯންޑް (beyond) މި ބަހުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *