"ކްރިޝް4″ އަށް ރިތިކްގެ އަޑުން ލަވައެއް!

"ކްރިޝް4″ އަށް ރިތިކްގެ އަޑުން ލަވައެއް!

Author
ފާތިމަތު ނާވީ
01 ނޮވެމްބަރ 2021 02:28
0

ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ ސިލްސިލާ ފިލްމް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގައި އޭނާގެ އަޑުން ލަވައެއް ރެކޯޑްކުރާނެ ކަމަށް މި ސިލްސިލާގެ ފިލްމުތަށް ޑައިރެކްޓް ކުރާ ރިތިކް ގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފިއެވެ.

ރާކޭޝް މީޑީއާއާ ވަހަކަދައްކަމުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އެއްލަވަ އޭނާގެ ދަރިފުޅު ރިތިކްގެ އަޑުން ރެކޯޑް ކުރާނެއެވެ. އަދި ކްރިޝްގެ ފިލްމް ތަކަކީ މިއުޒިކާއި ނުލާ ނުހެދޭނެ ފިލްމް ތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާތަނަށް ޝޫޓިންގެ މަސައްކަތެއް ފަށާފައިނުވާ މި ފިލްމް ހަދާނެ ކަން ކަށަވަރުކޮށްދިނީ މިދިއަ ޖޫން މަހުއެވެ. ޖޫންމަހުގައި "ކްރިޝް"ގެ ފުރަތަމަ ފިލްމަށް 15 އަހަރު ފުރުމާ ދިމާކޮށް ސޯޝަލް މީޑިއާގައި ވަނީ "ކްރިޝް-4″ ނެރެން އުޅޭކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

އާއިލީ ފިލްމެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ފިލްމް މި ސިލްސިލާގެ ފެށުމަކީ  2003 ގައި ގެނެސްދިން "ކޮއި މިލް ގަޔާ" އެވެ.

ރިތިކް މި ވަގުތު ހުރީ "ވިކްރަމް ވޭދާ"ގެ ހިންދީ ރިމޭކްގެ ޝޫޓިންގައި އިންޑިއާއިން ބޭރުގައެވެ. މިއީ ކޯވިޑްގެ ސަބަބުން މަސައްކަތް މެދުކަނޑާލުމަށްފަހު ރިތިކު މަސައްކަތް ކުރަންފެށި ފުރަތަމަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.