ޝާހްރުކްގެ ފިލްމުން ނަޔަންތަރާ ވަކިވަނީ؟

ޝާހްރުކްގެ ފިލްމުން ނަޔަންތަރާ ވަކިވަނީ؟

މަޝްހޫރު ތަމަޅަ ފިލްމް ޑައިރެކްޓަރު އެޓްލީ ކުމާރާއި ޝާހްރުކް ޚާން ގުޅިގެން ގެނެސްދޭން ނިމައިފައިވާ އެޓްލީގެ ފުރަތަމަ ހިންދީ ފިލްމުގެ ލީޑް ބަތަލާ، ސައުތުގެ ސިނަމާގައި މަގުބޫލު ތަރި ނަޔަންތަރާ އެ ފިލްމުން ވަކިވާން އުޅޭ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ހަބަރުތަށް ބުނާގޮތުގައި ނަޔަންތަރާ ފިލްމް ދޫކޮށްލަނީ އެހެން ފިލްމް ތަކަށް ވަގުތު ދިނުމަށާއި އޭނާގެ ކައިވެނީގެ ކަންކަމަށް ވަގުތު ހުސްކުރުމަށެވެ. އަދި ފިލްމުގެ ޝޫޓިންތައް ކުރިން ތާވަލްކޮށްފައިވާ ގޮތަށް ކުރިއަށް ނުގޮސް ލަސްވަމުން ދާތީ ނަޔަންތަރާއަށް އިތުރަށް ފިލްމަށް ވަގުތު ދެވެން ނެތްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ

ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ޝާހްރުކްގެ މަސައްކަތްތަކަށް ވަނީ އެކަމުގެ ނޭދެވާ އަސަރުކޮށްފައެވެ. އެހެން ކަމުން އޭނާގެ ގިނަ ފިލްމީ މަސައްކަތްތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މި ކަންތަށްގަނޑުގެ ސަބަބުން ޝާހްރުކަށް ދެން ފިލްމުގެ ޝޫޓިންގ ފެށޭނެއިރެއްވެސް ނޭނގެއެވެ.

ނަޔަންތަރާ ފިލްމުގެ ޝޫޓިން އަށް ވަގުތު ދޭން ބުނެފައިވަނީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. މީ ނަޔަންތަރާގެ ފުރަތަމަ ބޮލީވުޑް ފިލްމްއެވެ. އެނާއަކީ ސައުތު އިންޑަސްޓްރީގައި އެންމެ ޑިމާންޑްބޮޑުއެއް ބަތަލާއެވެ.

ބައެއް މަންޒަރުތަށްވެސް ނަގާފައިވާ މި ފިލްމް ނަޔަންތަރާ ދޫކޮއްލުމުން މި ފިލްމް ގެ ލީޑް ބަތަލާ އަށް ގެނެސްފައިވަނީ އަނެއްކައިވެސް ހަމަ ސައުތުގެ ބަތާލައެކެވެ. މިއަހަރު ބޮލީވުޑަށް ތައާރަފް ވި ބަތަލާ ސަމަންތާ ރުތު ޕްރަބޫއަށް ވަނީ މިރޯލު ހުށައަޅާފައެވެ. ސަމަންތާ އަކީ އެޓްލީ އެންމެ ފުރަތަމަ މިރޯލު ހުށަހެޅި ތަރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސަމަންތާއަށް އެވަގުތު މި ފިލްމަށް ވަގުތު ހުސްނުކުރެވުމުން ފިލްމު އޭރު ދޫކޮށްލީއެވެ.

ޝާހް ރުކް ޚާން ޑަބަލް ރޯލު ކުޅޭ ފިލްމަށް އަދި ވަކި ނަމެއް ދީފައި ނުވި ނަމަވެސް ފިލްމު ޝޫޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. މި ސިޓީގައި ވާގޮތުން ފިލްމަށް ދީފައިވާ ނަމަކީ "ލަޔަން" އެވެ.

މި ފިލްމުގައި ޕްރިޔަމާނީ، ސުނިލް ގްރޯވަރ، ސާނިޔާ މަލޯތުރާ އަދި ޔޯގީ ބާބޫ ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *