ދަންޖެހުނު ކަމަށްބުނި، ނަރުސްމީހާ މަރާލި ކަމަށް ޝައްކުވާތީ ތަހުގީގު ފަށައިފި

ދަންޖެހުނު ކަމަށްބުނި، ނަރުސްމީހާ މަރާލި ކަމަށް ޝައްކުވާތީ ތަހުގީގު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 08:19
0

މިދިޔަ ހުކުރު ދުވަހު ދަންޖެހުނު ނަރުސް އަންހެން މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ މަރުވެފައިވާ މިމީހާގެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރުމުން އެމީހާގެ ތަހުގީގް މިހާރު ފުލުހުން ވަނީ ފަށާފައެވެ. އެމީހާ ދަންޖެހުނު ކަމަށްބުނެ އޭނާ ގޭގައި މަރުވެފައި އޮއްވާ ފެނުމުން ފުލުުހުންގެ ތަހުގީގް ޓީމު އޭނާ ދިރިއުޅޭ ގެއަށް ދިއުމުގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެެ.

އާއިލާއާއިއެކު މާލޭގައި ދިރިއުޅެމުންދާ މި ނަރުސް އަންހެން މީހާގެ ފިރިމީހާއަކީވެސް ނަރުހެކެވެ. މި ދެމީހުންގެ ކުޑަ ކުއްޖެއްވެސް ހުރެއެވެ.

މައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގައި ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ނެތުމުން، އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ފުލުހުން ވަނީ ނިންމާފައެވެ.

މިމައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.