ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 04:01
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހޯދަނީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ތަހުގީގު ކުރާ މައްސަލައެއްގައި ކަމަށެވެ. ހޯދަން އިއުލާނުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އިބްރާހިމް މުހައްމަދުއެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ މީހާ ހޯދަނީ އުޅޭ ވަކި ތަނެއް ނޭނގޭތީ ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އޭނާ އަށް ޗިޓު ވެސް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ބިދޭސީން ޝާމިލްވާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.