ކ. ދޫނިދޫ އާއި ދ. ހުޅުދެލި ބަނަދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި އެމްޓިސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވީ ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ %10 ވަނީ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %39 ވަނީ ނިމިފައިވާކަމަށެވެ.
ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ %10 ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %39 ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 21 ސެޕްޓެމްބަރ 2020 ގައި. pic.twitter.com/qUh4Yg6Xld
— MTCC Plc (@MTCCPlc) November 2, 2020
ޖުމުލަ 51.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރުއ ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.
ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ މަސައްކަތުގެ 23 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައެވެ.
ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 23 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ތެރެއިން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 ޖޫން 2020 ގައި. pic.twitter.com/eXTYShWRtx
— MTCC Plc (@MTCCPlc) November 2, 2020
މި މަސައްކަތުގެދަށުން އެރަށުގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 277 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެދަށުން ބަނދަރު ސަރަޙައްދުގެ ގޮންޑުދޮށް ޙިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުންމަށްވެސް ވަނީ ހިމަނާފައެވެ. އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 10 ޑިސެމްބަރ 2019ގައެވެ. 1އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 39.8މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ