ކުއްލި ގޮތަކަށް ޤާސިމާއި ބައްދަލުކުރަން ނަޝީދު މާމިގިއްޔަށް

ކުއްލި ގޮތަކަށް ޤާސިމާއި ބައްދަލުކުރަން ނަޝީދު މާމިގިއްޔަށް

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 04:07
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުއްލި ގޮތަކަށް ބައްދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާމިގިއްޔަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު މާމިގިއްޔަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒުއާއި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިބޭފުޅުންވަނީ މިއަދު މަޖިލީހުގައި އިދިކޮޅު ޕީޕީއެމްގެ ބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް މިބައްދަލުވުމުގައި އިދިކޮޅުން ބުނެފައިވަނީ މަޝްވަރާ ކުރީ ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ކަމަށާއި، ވާހަކަ ފެށުނުތަނާ ކަހަލަ ގޮތަކަށް މަޝްވަރާ ކުރުކޮށްލައި ރައީސް ޔާމީނާއިއެކު ނޫނީ އެއްވެސް ކަމެއްގައި މަޝްވަރާ ކުރަން ބޭނުން ނުވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.

ރައީސް ނަޝީދު ވަނީ އިއްޔެ ރައީސް ޞާލިހާވެސް ބައްދަލުކޮށް ބަރުލަމާނީ ނިޒާމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާފައެވެ. ނަޝީދުވަނީ މިބައްދަލުވުމަށްފަހު ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.