ކުޅުދުއްފުށީ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ކުޅުދުއްފުށީ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 09:21
0

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި ޔޫތް އެވޯޑް ޙާޞިލުކުރި ޒުވާނުންނަށް އެމަނިކުފާނު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ މިއުޒިކް ޝޯވް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޚ ޚިޔާލު
ރާއްޖޭގެެ މީހުންދިރިއުޅޭޭ ގޯތިގެދޮރުންް ކުނިއުކުމަކީީ ސަރުކާރުންް ހިލޭފޯރުކޮށްދެއްވާާ ޚިދުމަތަކަށްް ހެއްދެވުންް އެއީީ ރާއްޖެސާފުތާހިރުކަންމަތީީ ބޭއްވުމަށްވެސްލިބޭނެެ ހިތްވަރެއްކަމުގައިވާނެެ ހަމައެޔާއެކުު އެއިީ މިހާރުވެސްް އެކަންކަމަށްް ހޭދަކުރެއްވުމަށްް ޚާއްސަަ ޓެކުހެއްް ގްރީންޓެކުސްގެެނަމުގަަ ނަގަމުންގެދާތާާ އެތަކެއްް އަހަރުތަކެެއްް ވެފައިވާާ ކަމެއްް އުއްމީދަކީީ މީހުންދިތރިއުޅޭޭ ގޭގޭގެެ ކުނިއުކުމުގެެ ކަންކަންް މިހާރުންމިހާރަށްްވެސްް ސަރުކާރުންް ހިލޭފޯރުކޮށްދެއްވާނެެ ޚިދުމަތެެއްގެެ ގޮތިގައިި ހަމަޖެހިގެންް ދިއުންް
ޝ ޝމީމު
ކުޅުދުއްފުށި އެއަރޕޯޓް މިހާރު އޯކޭ.