އެމްޑީޕީން ޤައުމު ހިންގާނެ ގޮތް ދަސްކުރަންޖެހޭނީ ބޭނީ ނާސަރީން ކަމުގައި މިސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޚާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކަންކަން ކުރަމުންދާ ގޮތަށް އަބަދުވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ މަލީހު ވިދާޅުވީ ރައްޔިތުން މިހާރު ގުނަމުންދާ ވެރިކަމުގެ ފަސް އަހަރަކީ ހަޔާތުން ބޭކާރުވަމުންދާ ފަސް އަހަރުކަމަށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި، ރައްޔިތުންނަށް ކޮށްދެވުނު ކަމެއްވެސް ނެތްތަނުގައި ކުރިމަތި ކުރުވަނީ މުޅިންވެސް އުދަގޫ ގޮތްކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެމްޑީޕީގެ ކަމަކަށް ވެފައި އޮންނަނީ މުޅޮ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކުލަ ހުވަފެން ދެއްކުން ކަމަށެވެ. ތަރައްޤީއާއި، ކުރިއެރުން ހޯދައި ދިނުމަކީ އެމްޑީޕީން ދަސްކުރަން ޖެހޭ ކަމެއްކަމަށެވެ. އެމްޑީޕީން ވެރިކަމާއި ނުވަތަ ޤައުމެއް ހިންގުމާއި ހަވާލުވުމުގެ ކުރިން ބޭބީ ނާސަރީއާއި ހަމައިން ވެރިކަން ކުރާ ގޮތް ދަސްކުރަންޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.
މިއީ ކަމެއް ނުކުރެވި ރައްޔިތުންގެ ހަޔާތުން ބޭކާރުވެގެން ދިޔަ 5 އަހަރު. ހުރިހާ ކަމެއް ދިޔައީ ފަހަތައް. އެމްޑީޕީއަކީ ފޮނިބައިސާ ކަނޑާ ބިރުކުޑަ އަލީ ހެދިގެން އުޅޭ ބަޔަކު އުޅޭ ޕާޓީއެއްކަން ސާފު. ޤައުމެއް ހިންގާނެގޮތް ދަސްކުރަން އެމްޑީޕީ ފަށަންޖެހެނީ ބޭބީ ނާސަރީއިން.
– މަލީހު ވިދާޅުވިއެވެ.
ވެރިކަމުގެ ފަސް އަހަރު ދައުރުގެ ތެރެއިން ތިން އަހަރު ނިމުމާއި ގާތް ވަމުންދާއިރު ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ވެފައިވާ ވައުދުތައް ފުއްދުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑްގެ ބަލިމަޑުކަން ކުރިމަތިވުމެވެ. ސަރުކާރުން ރޭވި ގިނަ ކަންކަން ކޯވިޑާއި ގުޅިގެން ކުރެވެމުން ނުދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް ހާލަތުން އަރައިގަނެ މިހާރު އަލުން އެކަންކަން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ