އޭވިއޭޝަން ދާއިރާގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ނަހުލާ

އޭވިއޭޝަން ދާއިރާގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ނަހުލާ

ކޯވިޑްގެ އުދަގޫ ހާލަތުން އަރައިގަނެ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމުގައި ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، ކޯވިޑް-19 އާއި ބެހޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ، ލިމިޓެޑް ފަންޑަކާއެކު ގިނަ ކަންކަން ކުރަން ބަލިމަޑުކަމުގެ ތެރޭގައި މަޖުބޫރުވެފައިވާ ކަމަށާއި، އެހެންކަމުން ކޮވިޑުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށެވެ. އަދި، ރާއްޖެއިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަން ފާހގަކުރައްވާ، އެކަމަނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތިވާ ހުރަސްތަކާ ކުރިމަތިލުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 73،000 އަށްވުރެ ވަޒީފާއަކީ އޭވިއޭޝަންގެ ދާއިރާއަށް ބަރޯސާވެފައިވާ ވަޒީފާތަކެއް ކަމަށެވެ. އަދި ކޯވިޑާއެކު އެ ދާއިރާއަށް އައި ލޮޅުމާއެކު އެހެނިހެން ގޮތް ގޮތުން ދެން ހުރި ކަންކަމަށް އަސަރުކުރިކަން ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައުން ކަމަށް ވިދާޅުވިއެވެ. އެއީ އާންމު ހާލަތާ އަޅައިބަލާއިރު 76 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށާއި އޭގެ މައްޗަށް ބިނާކޮށް، ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއާޕޯޓުތަކަށާއި އެއާލައިން އޮޕަރޭޓަރުންނަށާއި އަދި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ނެރެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ބައެއް ގޮންޖެހުން ހުރި ކަމުގައި ވީނަމަވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު ރަނގަޅުވަމުންދާ ކަމަށެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އޭވިއޭޝަން ދާއިރާގެ ހާލަތު 65 އިންސައްތަ ރަނގަޅުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *