މިލާން މޮޅުވެ އެއްވަނަ ދަމަހައްޓައިފި

މިލާން މޮޅުވެ އެއްވަނަ ދަމަހައްޓައިފި

ގުޅުންހުރި

އިޓާލިއަން ސެރިއާގައި އޭސީ މިލާން މޮޅުވެ އެއްވަނަ އެޓީމުން ދެމެހެއްޓިއިރު ޔުވެންޓަސްއިން މޮޅެއް ހޯދާ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އޭސީ މިލާން މޮޅުވީ އުދިނޭޒީ އަތުންނެވެ. އުދިނޭސީގެ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 1-2 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ.

އުދިނޭޒީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓު ތެރޭގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޑި ޕައުލް އެވެ. މެޗުން މިލާން މޮޅުވި ލަނޑު މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒްލަޓަން އިބްރާހިމޮވިޗްއެވެ.

މިއީ އޭސީ މިލާނުން ވިދިވިދިގެން މޮޅުވި 6 މެޗުގައި ވެސް ލަނޑުޖެހި 2 ވަނަ ކުޅުންތެރިއާ އަށެވެ. މީގެ ކުރިން 2001 ވަނަ އަހަރު ޝެވްޝެންކޯވެސް ވަނީ މިރެކޯޑް ހަދާފައެވެ.

މި ނަތީޖާތަކާއެކު އޭސީ މިލާނުން ތާވަލްގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއި އެކުގައެވެ. އުދިނޭޒީ 3 ޕޮއިންޓާއެކު އޮތީ ތާވަލްގެ 18 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *