މިނިވަންކަން ގެއްލިއްޖެނަމަ ޒިންމާ ނަގަންޖެހޭނީ ޤާސިމާއި، މައުމޫން: އަދުރޭ

މިނިވަންކަން ގެއްލިއްޖެނަމަ ޒިންމާ ނަގަންޖެހޭނީ ޤާސިމާއި، މައުމޫން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 02:55
0

ރާއްޖޭގެ މިނިވަންކަމާއިމެދު މިއަދު ގިނަ ސުވާލުތަކެއް އުފެދިފައިވާކަމަށާއި، މިނިވަންކަން ގެއްލިޖެ ހާލަތެއްގައި، އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި އެމްއާރުއެމްގެ ރައީސް މައުމޫންއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް މިއަދު އޮތް ނުރައްކާތެރި ކަމާއިގުޅޭގޮތުން ޗެނަލް-13 ގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު އިންޑިއާގެ ސަރުކާރުން ދިވެހިންގެ މިނިވަންކަމާއި ގުޅުންހުރި އެތައްކަމެއް ކުރަމުންދާކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ތިބުމާއި، އުތުރު ތިލަފަޅު އެއްބަސްވުމާއި، މިފަދަ ކަންކަމަކީ މިނިވަންކަމާއި ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ.

މިކަންކަމުގެ ޖަވާބުގައި ސަރުކާރުން ބުނަމުންދަނީ ސަރުކާރަށް ލިބޭ މަންފާ ބޮޑުކަމަށެވެ. ނަމަވެސް މިައި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބޭ މިނިވަންކަމާއި ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގެ ޒިންމާ އުފަލަންޖެހޭ ބަޔަކު ތިބިކަމަށެވެ. މިއަދު ރާއްޖޭގެ މިނިވަންކަމާއި ގުޅޭ އެންމެހައި ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ މައުމޫނާއި، ޤާސިމް ކަމަށް އެދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ މި ހާލަތަށް ގެނައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ ބޭފުޅުންނަށް އަލުން ވެރިކަން ލިބިގެން ދިޔައީ ރައީސް މައުމޫންއާއި ގާސިމްގެ ސަބަބުން ކަމަށެވެ.

އަބްދުރަހީމް ވިދާޅުވީ މިނިވަންކަން ދިފާއުކުރެވޭނީ އެކަމަށް މަސައްކަތް ކޮށްގެންކަމަށެވެ. އެގޮތުން ހުކުރު ދުވަހު ބާއްވާ ބޮޑު ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މިކަމާއި ދެކޮޅަށް އަޑު އުފުލައި ރައްޔިތުން ދެކޮޅުކަން ދައްކަން ކުރެވޭނެ މުހިންމު މަސައްކަތެއްގެ ގޮތުހައި އަދުރޭވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.