އަންނަ ހަފްތާގައި ފޭސްބުކު، އާނަމަކާއެކު ރީ ބްރޭންޑް ކުރަނީ

އަންނަ ހަފްތާގައި ފޭސްބުކު، އާނަމަކާއެކު ރީ ބްރޭންޑް ކުރަނީ

Author
ހުސެއިން
20 އޮކްޓޯބަރ 2021 04:43
0

ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ ސޯޝަލް މީޑިއާ އެއް ޕްލެޓްފޯމް ކަމުގައިވާ، ފޭސްބުކް އަންނަ ހަފްތާގައި، އާ ނަމަކާއެކު ރީ ބްރޭންޑް ކުރުމަށް ހަމަޖައްސާފައިވާ ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފޭސްބުކް ރީ ބްރޭންޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ، ކަމުގެ މައުލޫމާތު އެގިހުރި ފަރާތްތަކާ ހަވާލާދީ އެމެރިކަން ޓޭކްނޮލޮޖީ ބްލޮގް ދަ ވާރޖް އިންނެވެ.

ދަ ވާރޖްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފޭސްބުކް ވެރިފަރާތް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މާކް ޒުކަރބާގް، ފޭސްބުކް ޕްލެޓްފޯމުގެ ނަން ބަދަލު ކުރުމާ ގުޅޭގޮތުން ކުންފުނީގެ އެނުއަލް ކަނެކްޓް ކޮންފަރެންސްގައި އަންނަ އޮކްޓޯބަރުމަހުގެ 28ވަނަ ދުވަހު ވާހަކަ ދައްކަވާނެއެވެ. އެހެންނަމަވެސް، އޭގެ ކުރިން ފޭސްބުކް ރީބްރޭންޑްކޮށް އަދި ނަންވެސް ބަދަލު ކުރެވިގެން ދާނެކަމުގައިވެސް ދަ ވާރޖްއިން ރިޕޯޓު ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ތަ ވާރޖްއިން އާންމު ކޮށްފައިވާ މި ޚަބަރާ ގުޅޭގޮތުން ފޭސްބުކްއިން ބުނެފައިވަނީ، ތޯތޯކޮށް ދެކެވޭ ވާހަކަތަކަށް އެ ކުންފުނިން ކޮމެންޓު ނުކުރާ ކަމަށެވެ.

ފޭސްބުކް ރީ ބްރޭންޑް ކުރަން އުޅޭކަމުގެ ޚަބަރު އާންމު ވެގެން ގޮސްފައި މިވަނީ، އެކުންފުނީގެ ވިޔަފާރީގެ ބައެއް އުސޫލުތަކާއި ދެކޮޅަށް އެމެރިކާގެ ސަރުކާރުން ފިޔަވަޅު އަޅާ އަދި އިތުރަށް ރެގިއުޅޭޓުކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ކުންފުންޏަށް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ހިމެނޭ ދެޕާޓީގެ މެމްބަރުންވެސްވަނީ، ފޭސްބުކަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ. އަދި މި ފާޑު ކިޔުންތަކުން އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންގެ ތެރޭގައި ފޭސްބުކްއާއި މެދު އުފެދެމުންދާ ހިންހަމަ ނުޖެހުންތަކާއި އަދި ރުޅިވެރިކަންވެސް ވަރަށް ބޮޑަށް ހާމަ ވެގެން ގޮސްފައެވެ.

ދަ ވާރޖްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފޭސްބުކް ޕްލެޓްފޯމް ރީ ބްރޭންޑް ކުރެވުމުން އެ ޕްލެޓްފޯމުވެސް ހިމެނިގެންދާނީ، އިންސްޓަގްރާމް، ވަޓްސްއެޕް އަދި އޮކިއުލަސްފަދަ އެތައް އެޕްލިކޭޝަނެއް މިހާރުވެސް ބަލައްހައްޓަމުންދާ ޕޭރެންޓް ކުންފުނީގެ ދަށަގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.