އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނައި މަޝްވަރާ ކުރައްވައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރޭ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުގެ މައިގަނޑު ޕްރޮޖެކްޓްތަކާއި، ބަޖެޓްގެ އާމްދަނީއާއި، ލިބޭނެކަމަށް އަންދާޒާ ކުރާ ފައިސާގެ އަދަދުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ބަޖެޓުގައި ހިމަނަންވާ ކަންކަމާއި ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މެމްބަރުންނާއި މަޝްވަރާ ކުރައްވާފައެވެ.
Last night President @ibusolih concluded The series of consultations with all MDP MPs to discuss the formulation of Budget 2022.
-Key PSIP projects
– Budget revenue, expenditure and financing
-Fulfilling presidential pledges pic.twitter.com/IGI6fzgYTE
— Mabrook Azeez (@MvSpokesperson) October 20, 2021
އަންނަ އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާ ކުރައްވާފައެވެ. އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވާއިރު ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަައެވެ. އަދި މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ރިކަރެންޓް ޙަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ކެޕިޓަލް ޙަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިފަހަރު މިއަދަދު މިވަރަށް ކަނޑައަޅާފައިވަނީ ބަޖެޓުގައި މިއަށްވުރެ އިތުރަށް ޖާގަ ދެވެން ނެތިގެން ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ޙަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރާނެއެވެ. މިގޮތަށް ޖުމްލަ 33.8 ބިލިއަން ރުފިޔާ ބަޖެޓު ޙަރަދުގެ ގޮތުގައި ހަމަޖެހިފައިވާއިރު ބަޖެޓު ބާކީ އަކީ ލޯން އަނބުރާ ދެއްކުމަށް ހިނގާ ޙަރަދެވެ.
ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތަަކަށް ބަލާއިރު އަންނަ އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ