އުޅަނދު ފަހަރަށް އަރާ ޗެކްނުރާނަމަ ޤަވާއިދު ހަރުކަށިކުރުމުގެ މާނައެއްނެތް: މޫސަ

އުޅަނދު ފަހަރަށް އަރާ ޗެކްނުރާނަމަ ޤަވާއިދު ހަރުކަށިކުރުމުގެ މާނައެއްނެތް: މޫސަ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 08:48
0

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށް އަރައި ގަވާއިދު ޗެކް ނުކުރާނަމަ، ޤަވާއިދު ހަރުކަށި ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް 3 މަސްދުވަހުގެތެރޭގައި ޤަވާއިދާއި އެއްގޮތަށް ލައިފް ޖެކެޓާއި، ލައިފް ބޮއި ނުބަހައްޓާ ކަނޑު އުޅަނދުތަކުގެ ސީ ވާދިނަސް ސެޓްފިކެޓް ބާތިލް ކުރަން ޓްރާންސްޕޯޓް އޮތޯރިޓީންވަނީ ނިންމާފައެވެ. މިނިންމުމާއި ގުޅިގެން މޫސަ ވިދާޅުވީ، ޤަވާދު ހަރުދަނާކޮށް ހަރުކަށި ކުރަން ޖެހޭނީ އެކަން ރަނގަޅަށް ބެލެހެއްޓޭ ކަމުގައި ވާނަމަ ކަމަށެވެ. އުޅަދުތަކުގައި ދިވެހި ކަޕިއެއް ހުންނަ ނަމަ ދެންތިބޭ މީހުންނަކީ ބިދޭސީންކަމަށް މޫސަ ވިދާޅުވިއެވެ. އަދި ގިނަވާނީ ސީމަން ޓްރޭނިންވެސް އަދި ރަނގަޅަށް ފަތަންވެސް ނޭގޭ މީހުންކަމަށް މޫސަ ވިދާޅުވިއެވެ.

ދަތުރު ފަތުރުގެ ޤަވާއިދު ވަރުގަދަ ވިޔަސް އުޅަނދުފަހަރަށް އަރާ ޤަވާއިދުން ޗެކްނުރާނަމަ ޤަވާއިދު ހަރުކަށިކުރުމުގެ މާނައެއްނެތް. ކެޕްޓަނަކަށް ދިވެއްސަކު ހުރިއްޔާ ފަޅުވެރިންނަށްތިބެނީ ސީމަން ޓްރޭނިންގ ކީއްކުރަން ފަތަންވެސް ނޭންގޭ ބިދޭސީން.

– މޫސަ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ޢިއުލާނެއްގައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައިވާ ކަންކަމުގެ ތެރެއިން 11 ކަމެއް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ފުރިހަމަކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ޤަވާޢިދުގައިވާ ގޮތަށް، މުއާސަލާތީ އާލާތްތައް ހަމަކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަން ޖެހޭނެކަމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުމާއި، "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް" ހެއްދުމުގެ އިތުރުން، އެ އުޅަނދެއްގައި އޮންނަންޖެހޭ "ސުވޭޖް ސެޓްފިކެޓް" ހެއްދުން ހިމެނެއެވެ. އަދި ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ ލައިސަންސާއި، ސަނަދުތައް އޮތުމުގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކޮށްފައި ހުންނަން ޖެހުމާއި، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހަޅަންޖެހޭނެކަމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ މިކަންކަން ފުރިހަމަކޮށްފައިނުވާނަމަ ކުރިއަށް އޮތް 3 މަސްދުވަސް ފަހުން އުޅަނދަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝަރީފު 7996079 ހ އެލިއަތުވިލާ
1/1/2017 ގައި ވަނީ ޤަވާޢިދު އާއި ޤާނޫނު ހައްދަވާފަ ނަމަވެސް އެޤަވާޢިދަށް ޢމަލުނުކޮށް 2017 އިން ފެށިގެން ވެސް މިހާތަނަށް އައީ އަންނަ ޖަނަވަރީ އާއި ހަމަޔަށް ބައެއް ކަންތައް ފަސް ކުރެއްވެވި އިރު އެހާތަނަށް މީހެއްގެ ފުރާނައަށް ނުރައްކާ ނުވާނެ ކަމުގެ ޔަޤީންކަން ލިބުނު ގޮތެއްވެސް ބަޔާން ކޮށް ދެއްވަން ވާނެ ކުރަން ޖެހޭ ކަމަކީ މިހާރު 30 ގަޑިއިރަށް މިކިޔަވާދޭ ކޯސް އެކޯސް ކިޔަވާދޭން އަސްކު އުފެއްދި ގޮތަށް 96 ގަޑި އިރު ކިޔަވާދިނުމަށް ވަގުތުން ބަދަލުކުރުން އެހެނީ މިހާރު އެފަދަ ދަތުރުތައް ކުރުމަށް ހުއްދަ ކުރާ ސެޓްފިކެޓް ކޯސްޓަލްނެވިގޭޝަން ކްލާސް 2 އަކީ އެކަމަށް ތަޞައްރަފު ފުދޭ ކޯހަކަށް ނުވުމަކީ މިހިތާމަވެރި ޙާދިސާތައް ދިމާވުމުގެ އަޝްލު ސަބަބު ކަން މިދަންނަވަނީ ކަނޑުމަތީގައި25 އަހަރަށް ވުރެ ގިނަ ދުވަހު ވާލްޑް ވައިޑް ކޮށް ދަތުރު ކުރެވިފައި ވާ ކެޕްޓަނެއްގެ ޙައިސިއްޔަތުންވެސްމެ އަދި އެކޯސް ޑިޒައިން ކުރުމުގައި ވެސް ކޮންމެވެސް ވަރެއްގެ ޙިއްސާއެއް ވާ ނެތީވެ 7996079
ހ ހަސަން ނިހާދު
ރިކޯ މޫސަމަނިކު ބުނުއްވިޔަސް އެއީ ތެދުފުޅެއް
م محمد يوسف
ފުރުމުގެކުރިން ހުރިހާއެންމެން ލަިފްޖެކެޓް އެޅިކަން ކަށަވަރުކުރުމާއި ފޭބުމުގެކުރިން ލައިފްޖެކެޓް ނުނެގޭނެގޮތަށް ހަމޖައްސައި އެކަމަކީ ކައްޕީގެވެސް އަދި ވެރިފަރާތުގެ ވެސް ޒިންމާއަކަށް ހެދުން މާމުހިންމުު ޤަވާޢިދު ހަދަންވާނީ ލުއޖފަސޭހަކަކމާއި އެކު ބޭނުންވާ ނަތީޖާ ޙާޞިލުވާގޮތަށް