އއ.އަތޮޅު ހޮސްޕިޓަލަށް އައު ސީއެމްބިއުލާސެއް ލިބޭނީ ބަޖެޓް ލިބުމުން: މާރިޔާ

އއ.އަތޮޅު ހޮސްޕިޓަލަށް އައު ސީއެމްބިއުލާސެއް ލިބޭނީ ބަޖެޓް ލިބުމުން: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 09:55
0

އއ.އަޮޅު ހޮސްޕިޓަލަށް ބޭނުންވާ އައު ސީއެންބިއުލާންސް ލިބޭނީ ބޭނުންވާ ބަޖެޓް ލިބުމުން ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އއ.އަތޮޅު ހޮސްޕިޓަލްގައި ސީ އެންބިއުލެންސްގެ ނަމުގައި ބޭނުންކުރާ ސީ އެންބިއުލާންސް ބާވެ އެކި މައްސަލަތައް ދިމާވާތީ އާ އެންބިއުލާންސެއް ލިބޭނެ ތާރީހެއް ސާފު ކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސީއެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ދެމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފް އާއި ޙަވާލުކުރި އުޅަނދުތަކަކީ ގިނަދުވަސްވެ ޙާލަތު ދަށްވެފައިވާ އުޅަނދުތަކެއްކަމަށެވެ. މުޅި ސީ އެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމާއި، ޙާލަތު ދަށްވުމުގެ ސަބަބުން ދޫކޮށްލަންޖެހޭނެ ކަމަށް ލަފާކުރެވޭ އުޅަނދުތަކެއްވެސް ހުރިކަމަށެވެ.

ސީ އެންބިއުލާންސް ގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރުމަށް އެމްއެންޑީއެފް އާއި 2015 ވަނަ އަހަރު ޙަވާލު ކުރެވުނު 27 އުޅަނދަކީ ކުރީގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރަ އައި ލޯންޗް ފަހަރުތަކެކެވެ. މިއުޅަނދުތަކަކީ އޭރުވެސް ބޭނުންކުރާތާ އެވްރެޖްކޮށް 10 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އުޅަނދުތަކެކެވެ. އަދި، މީގެތެރެއިން ބައެއްއުޅަނދުތަކަކީ ބޭނުން ނުކޮށް ގިނަދުވަސްވެފައިވާ، އަދި ގިނަދުވަސްތަކެއްވަންދެން މެއިންޓެނަންސް ކުރިއަށް ނުގެންދެވިހުރި އުޅަނދުތަކެއްކަމުން ގިނަ އުޅަނދުތަކުގެ ކޮންޑިޝަން އޭރުވެސްވަނީ އުޅަނދުގެ އަސްލު ޢުމުރާބަލާއިރު ވަރަށް ދަށް ހާލަތަކަށް ގޮސްފައިވާ އުޅަދުތަކެއްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުގެ ހާލަތު ހުރި ގޮތުންނާއި، ބަޖެޓްގެ ދަތިކަން ހުރި ގޮތަށް ބަލާއިރު، އއ.އަތޮޅު ހޮސްޕިޓަލށް ވަސީލަތްތައް ފުރިހަމަ އައު ސީ އެންބިއުލާންސް އެއް ލިބޭނީ، އައު ސީ އެމްބިއުލާންސް ހޯދުމަށް ބޭނުންވާ ފައިސާ އެމްއެންޑީއެފް އަށް ލިބުމުންކަމަށެވެ. އަދި، މިއަހަރު އެމްއެންޑީއެފް އަށް އިންޑަކްޓް ކުރެވުނު 06 ސީ އެމްބިއުލާންސް ލިބުނުގޮތަށް ބަލާއިރު، ފައިސާ ހަމަޖެހޭތާ 06 މަސް ދުވަހުގެ ތެރޭގައި އއ.ރަސްދޫގައި އާ ސީ އެމްބިއުލާންސެއް ސްޓޭޝަން ކުރެވިދާނެކަމަށެވެ.

މިހާރު ހުރި ގިނަ ސީ އެމްބިއުލާންސްތަކީ މަރާމާތައް ބޮޑު ހޭދައެއް ކުރަންޖެހޭ ސީ އެންބިއުލާންސްތަކަށްވާއިރު، މިއީ ދެކޮޅު ޖައްސަންވެސް ދަތި ޚަރަދުތަކެއްކަމަށެވެ. މިއަދު ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްކޮށް އައު ސީ އެންސިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.