ޔޫވީން ފަރަތިކުރުންތައް ފަށައިފި

ޔޫވީން ފަރަތިކުރުންތައް ފަށައިފި

Author
އިބްރާހީމް ސާޢިދު
01 ނޮވެމްބަރ 2020 09:46
0

އާސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފަރިތަކުރުންތައް ފަށައިފިއެވެ.

މިއަދު ހަވީރު ޔޫވީން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުން ވަނީ އައު ސީޒަނަށް ބައެއް ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ހިމެނެއެވެ. އަދި ޔޫވީން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއިވެސް ހޯދާފައެވެ.

މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީން ފަރިތަކުރުންތައް ފެށިއިރު މި ފަހަރު ވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ މެދު ތެރެއިން އެ ޓިމާ ހަވާލުވި ކޯޗު މުހައްމަދު އާދަމް އެވެ. މިއަދު ފަރިތަކުރުންތަކުގައި ތަޖުރިބާކާރު ކޯޗު އިހްސާން އަބަދުލްގަނީ ވަނީ އަމިއްލަ ގޮތުން ބައިވެރިވެފައެވެ. ސާންތީ އެންމެފަހުން ފެނިފަވަނީ ކުލަބް އޭދަފުށީގެ ކޯޗެއްގެ ގޮތުގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީން ކުޅޭ ފުރަތަމަ މެޗުގައި އަންނަމަހު ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.