ފްރާންސްގެ ސަފީރު ބެލަރޫސްއިން ބޭރު ކޮށްލައިފި

ފްރާންސްގެ ސަފީރު ބެލަރޫސްއިން ބޭރު ކޮށްލައިފި

Author
ހުސެއިން
18 އޮކްޓޯބަރ 2021 07:15
0

ބެލަރޫސްގެ މުވައްސަސާތަކުން އޭނާ އެބުރި ގައުމަށް ވަޑައިގަތުމަށް މިހަފްތާގެ ހޯމަދުވަހު އެންގުމާއި ގުޅިގެން، ބެލަރޫސްގައި ހުންނަވާ ފްރާންސްގެ ސަފީރު އެބުރި ގައުމަށް ވަޑައިގެންފައިވާ ކަމަށް، ބެލަރޫސްގައި ހުންނަ ފްރާންސް އެމްބަސީން ހާމަ ކޮށްފިއެވެ.

ސަފީރު އެނބުރި ގައުމަށް ވަޑައިގަތްކަން އިއުލާން ކުރެއްވި، އެމްބަސީގެ ތަރުޖަމާން، އެމްބެސެޑަރ ގައުމަށް އެބުރި ވަޑައިގަތް ސަބަބު ހާމަ ކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، ބެލަރޫސްގެ ގައުމީ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސަފީރު ނިކޮލަސް ލާކޯސްޓެ އެނާގެ ފަތްކޮޅު ބެލަރޫސްގެ ރައީސް އެލެގެޒެންޑަރ ލުކަޝެންކޯއަށް އަރުވާފައެއް ނުވެއެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްފައިން ފްރާނަސަކީވެސް، ބެލަރޫސްގެ ނުފޫޒުގަދަ ލީޑަރ ލުކަޝެންކޯ ހަވަނަ ދައުރަކަށް އިންތިޚާބު ވުމަށް ފާއިތުވި އަހަރުގެ އޮގަސްޓުމަހު ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބު ބަލައި ނުގަންނަ ގައުމެކެވެ.

"ބެލަރޫސްގެ ފޮރިންގ މިނިސްޓްރީންވަނީ މިމަހުގެ 18ގެ ކުރިން ސަފީރު ބެލަރޫސް ދޫކޮށް ދިއުމަށް ޑިމާންޑް ކޮށްފަށް،" އެމަބަސީގެ ތަރުޖަމާން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

"ސަފީރު ނިކޮލަސް ޑީ ލާކޮސްޓެ މިއަދުވަނީ ބެލަރޫސްއިން ފުރާވަޑައިގެންފަ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"އޭނާ އެމްބަސީ މުވައްޒަފުންނާ އަލްވަދާއު ވިދާޅުވެ ވަނީ ބެލަރޫސްގެ ރައްޔިތުންނަށް ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްވެސް ރިކޯޑް ކޮށްފަ. މި މެސެޖް މާދަމާ ހެނދުނު އެމްބަސީ ވެބްސައިޓުގައި އާންމު ކުރެވިގެންދާނެ."

ފާއިތުވެދިޔަ ރިޔާސީ އިންތިޚާބަށްފަހު، ލުކަޝެންކޯގެ ވެރިކަމާ ދެކޮލަށް ހިގައިދިޔަ ބޮޑެތި މުޒާރާތައް މައިތިރި ކުރުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކާމެދު ލުކަޝެންކޯގެ ސަރުކާރުން އަމަލުކުރި ގޮޔުން ޔޫރަޕިއަން ޔޫނިއަންވަނީ ލުކަޝެންކޯގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އަދި އެއަށްފަހު ލުކަޝެންކޯގެ ސަރުކާރުންވަނީ އެގައުމުގައި ކުރިަޔށްދިޔަ މުޒާހިރާތައް ހުއްޓުމަކަށް ގެނެސް، އިދިކޮޅު ގިނަފަރާތްތަކެއް ޖަލަށްލާ އަދި އެގައުމުގެ މިނިވަން އެތައް މީޑިއާއެއް ބަންދުކޮށް އެގައުމު އެތައް ޖަމިއްޔާއެއް ހިންގުންވެސް މަނާ ކޮށްފައެވެ.

ބެލަރޫސްގެ އިދިކޮޅު ހުރިހާ ލީޑަރުންވެސް ވަނީ، ބައެއް ލީޑަރުން ޖަލަށް ލެވި އަދި އަނެއްބައި ލީޑަރުން ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.