ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދާގޮތް ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދާގޮތް ޖޭއެސްސީން ބަލަނީ

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2020 08:04
0

ކްރިމިނަލް ކޯޓުގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލިސް ކުރިއަށް ގެންދާގޮތާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިންގާ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި، ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން ދަނީ ކޯޓުތަކުގައި ހުންނަ މައްސަލަތައް ބަލައި ދިރާސަކޮށް، މައްސަލަތައް އަވަސްކުރުމަށް ބާރުއަޅަމުންނެވެ. ޖޭއެސްސީން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލިސްތައް ކުރިއަށްދާގޮތް ބަލައި ދިރާސާކުރުމަށް ނިންމަފައިވަނީ ބޮޑެތި މައްސަލަތަކުގައި ޚާއްސަކޮށް ޑްރަގުގެ މައްސަލަތަކުގައި ޝާމިލުވާ ބޮޑުން ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.