މުސުމާބެހޭ ގައުމީ އިދާރާއިން ނ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވައިޓް އެލާޓު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީން ވައިޓް އެލާރޓް ނެރެފައިވަނީ، މިއަދު ހެނދުނު 8.30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށެވެ. މިގޮތުން މި ގަޑިތަކުގައި މި ސަރަހައްދުތަކުގައި ބޯކޮށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
Alert White for heavy rain and thunderstorms. pic.twitter.com/2uO4asj5Pj
— Maldives Meteorology (@MetMaldives) October 17, 2021
މީގެ އިތުރުން، މިއަދު ހެނދުނު މެޓް އޮފީހުންވަނީ، ހެނދުނު 7.30 އިން ފެށިގެން ހަވީރު 16.30އާ ހަމައަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި، ހއ.އިން ފެށިގެން ތ.އަތޮޅާ ހަމައަށް ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައެވެ. އަދި މި ސަރަހައްދަށް މެޓް އޮފީހުންވަނީ ރީދޫ އެލާރޓް ނެރެފައެވެ.
މެޓް އޮފީހުންވަނީ މީގެ ކުރިން އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ.އަތޮޅާއި ހދ.އާއި ށ.އަތޮޅަށް ނެރެފައިވާ ޔެލޯ އެލާރޓ، މި ސަރަހައްދުގައި މޫސުމް ރަގަޅު ނުވާތީ އެލާރޓް ދަމަހައްޓާފައިވެއެވެ.
މިގޮތުން މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަނޑު ގަދަވާނެތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާޅުވުމަށް މޫސުމީ އިދާރާއިންނާއި އަދި ސަރުކާރުގެ ކަމާ ގުޅިންހުރި އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ