އިނގިރޭސިވިލާތުގައި ހަތަރު ހަފްތާއަށް ދެވަނަ ލޮކްޑައުނެއް އިއުލާން ކުރި ނަމަވެސް ޕްރިމިއާ ލީގު ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޕްރައިމް ލީގުން ހާމަކޮށްފައިވާ ގޮތުގައި އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ. ޕްރިމިއަރ ލީގުން ނިންމާފައިވަނީ އެގައުމުގެ ދަށް ލީގުތައް ފިޔަވާ ހުރީހާ ލީގެއްގެވެސް ކުޅުން މިހާރެކޭ އެއްގޮތުގައި ކަނޑައެޅިފަވާ ގައިވާއިދުގެ ދަށުން އުސޫލްތަކާ އެއްގޮތައް ކުރިޔަށް ގެންދިއުމަށެވެ.
މިހާލަތުގައި ކުލަބަތަކަށް ވަނީ މާލީގޮތުން ތަފާތު އެކި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޯވިޑް-19ގެ ސަބަބުން މީގެ ކުރިން ލީގުގެ ކުޅުން ހުއްޓާލަން ޖެހުމުން ސަޕޯޓަރުންގެ ޓިކެޓް ފައިސާވެސް މިހާރު ނުލިބޭއިރު، ކްލަބުތަކަށް ލިބޭ ޓީވީ ރައިޓްސްގެ ފައިސާވެސް ވަނީ ކުޑަވެފައެވެ. އިނިގިރޭސިވިލާތުގެ ފުރަަތަމަ ލޮކްޑައުންނާ ގުޅިގެން ހުސްވި މާޗު މަހުގެ ލީގުވެސް މެދު ކަނޑާލިއެވެ.
ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން ވަނީ އެކުލަބުތަކުގެ ހަރަދު މިހާރު ކުޑަކޮއްފައެވެ.