ދެއަހަރުގެ މެދުކެނޑުމަށްފަހު ރިތިކް ޝޫޓިންގ އަށް!

ދެއަހަރުގެ މެދުކެނޑުމަށްފަހު ރިތިކް ޝޫޓިންގ އަށް!

Author
ފާތިމަތު ނާވީ
23 އޮކްޓޯބަރ 2021 07:23
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރިތި ރޯޝަން، އޭނާގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންގ ފަށައިފިއެވެ.

މި ފިލްމަކީ ސައުތުގެ ހިޓް ފިލްމް "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކެކެވެ.

މި ފިލްމަށް އަދި ނަމެއް ދީފައި ނުވިނަމަވެސް ފިލްމުން ރިތިކާ އެކުގައި ސައިފް އަލީ ޚާން ފެނިގެން ދާނެއެވެ.

މި ދެތަރިން އެކުގައި މީގެ ކުރިންވެސް ވަނީ ފިލްމަކުން ފެނިފައެވެ. އެއީ 2002 ވަނަ އަހަރުގެ ފިލްމް "ނަތުމް ޖާނޯ ނަހަމް" އެވެ. އޭގެ 19 އަހަރު ފަހުން އަނެއްކާވެސް މި ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާތީ ސަޕޯޓަރުން ތިބީ ނުހަނު އުފަލުންނެވެ.

ޔޫއޭއީގައި މި ފިލްމްގެ ޝޫޓިންގ ފަށައިފައި ވާއިރު މި ފިލްމު ބިނާވެފައިވަނީ ފުލުހަކާއި ގެންގްސްޓާރެއްގެ ވާހަކައިގެ މައްޗަށެވެ

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

”ވިކްރަމް ވޭދާ“ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމްވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީއެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 30 ސެޕްޓެމްބަރ 2022 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.