އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ އެނބުރި ނިއުޔޯކަށް ވަޑައިގެންފި.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ދިވެހިރާއްޖެ އަދި ސަރބިއާއަށް. ސަރބިއާގައި ކާމިޔާބު، މުހިއްމު ބައްދަލުވުންތަކެއް ބޭއްވެވިއެވެ.
ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
– ސަރބިއާގެ ރައީސް އެލެކްޒެންޑަރ ވުޗިކް
– ސަރބިއާގެ މަދަނީ ޖަމްއިއްޔާތަކުގެ އަންހެން ލީޑަރުން
– އދގެ އާއްމު މަޖިލީހުގެ 67 ވަނަ ރައީސް ވުކް ޖެރެމިކް
– ސަރބިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އިވިކާ ޑަޗިކް
– ސަރބިއާގެ ބޮޑުވަޒީރުގެ ނައިބު، ހަކަތަޔާއި ބެހޭ ވަޒީރު އަދި މިންތީގެ ހަމަހަމަކަމާ ބެހޭ ބޯޑުގެ ރައީސާ ޒޮރާނާ މިޚައިލޮވިޗް
– ސަރބިއާގެ ޚާރިޖީ ވަޒީރު ނިކޮލާ ސެލަކޮވިޗް
– ސަރބިއާގައި ގާއިމްވެފައިވާ އދގެ އޮފީސްތަކުގެ ޓީމްތައް
– ސަރބިއާގެ ބޮޑުވަޒީރު އަނާ ބްރަނަބިކް
– ސަރބިއާގައި އޮތް ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އަންހެން ލީޑަރުން
– ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ އަހްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް
– ސޫދާނުގެ ޚާރިޖީ ވަޒީރު ޑރ. މަރިޔަމް އަލް ސާދިޤް އަލް މަހްދީ
އެނބުރި ނިއުޔޯކަށް ވަޑައިގަތުމަށްފަހު ޕީޖީއޭ މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ފަސްޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ. އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒްއާއެކު މަހަކު އެއް ފަހަރު ބާއްވަވާ ކޯޑިނޭޓިންގ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުންވެސް ބާއްވަވާފައެވެ.
ކޮމެންޓު ފޮނުވާ