ޕްރިމިއަރ ލީގުގައި ރޭ ޗެލްސީން ބާންލީއާ މެޗުގެ ކުރިން ޗެލްސީއަށް ޕުލިސިޗަށް އަނިޔާވެއްޖެއެވެ.
ސީޒަން ފެށުމުގެ ކުރިންވެސް އަނިޔާގެ ސަބަބުން ލީގުގައި ޗެލްސީއިން ކުޅުނު ފުރަތަމަ ތިންމެޗުގައި ޕުލިސިޗަށް ކުޅެފައި ނުވާއިރު އޭނާ މިސީޒަނުގައި ޗެލްސީއަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ މިދިޔަމަހު ސައުތެމްޓަނާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައެވެ. ޕުލިސިޗަށް އަނިޔާވެފައިވަނީ މެޗުގެ ކުރިން މެޗަށް ތައްޔާރުވުމަށް ކުރި ފަރިތަކުރުމުގައެވެ.
ޕުލިސިޗްގެ އަނިޔާއާއި ގުޅޭގޮތުން ޗެލްސީން ބުނީ ޕުލިސިޗްއަށް މިފަހަރުވެސް އަނިޔާވީ މީގެކުރިންވެސް އަނިޔާވި ފަޔަށްކަމަށެވެ. އަދި އަނިޔާގެ ސަބަބުން ކަންބޮޑުވާން ޖެހޭކަމަވެސް ޗެލްސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިފަހަރުގެ އަނިޔާ އެހާ ގޯސްކަމަކަށް އަދި ބެލެވެން ނެތްކަމަށް ޗެލްސީން ހާމަކުރެއެވެ.
އެންމެ ފަހުން ޗެލްސީން ޗެމްޕިއަންސް ލީގުގައި ކްރަސްނޮޑާރްގެ މައްޗަށް 0-4 އިން ކުރިހޯދި މެޗުގައި ކުޅުންތެރިޔާ ވަނީ ލަނޑުޖަހާފައެވެ. ބާންލީގެ ދަނޑުގައި ކުޅުނު މިމެޗުން ޗެލސީއިން އެޓީމުމައްޗަށް ކުރި ހޯދީ 3-0 ލަނޑުންނެވެ.