އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާލަނީ!

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާލަނީ!

Author
ފާތިމަތު ނާވީ
18 އޮކްޓޯބަރ 2021 05:29
0

އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އިންޑިއާގެ ސިނަމާތައް އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

ސްޓޭންޑަރޑް އޮޕަރޭޝަން ޕޮރޮސީޖަރގެ ދަށުން މިމަހު 22ގައި ތިއޭޓަރތަކާއި ކޮމްޕްލެކްސްތައް ހުޅުވުމަށް މަހަރާޝްތުރަ ސަރުކާރުން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

އޮކްޓޯބަރ 11 ވަނަ ދުވަހު މަހާރާޝްތުރަގެ ސަރުކާރުން ވަނީ މިކަމާ ގުޅޭ އެސްއޯޕީ އެއް އާންމުކޮށްފައެވެ. މި އެސްއޯޕީގައި ތިއޭޓަރުތަކަށް ވަންނަ މީހުން އަމަލުކުރަންވީ ކަންތައްތައް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ސޯޝަލް ޑިސްޓެންސް، މާސްކް އެޅުން އަދި ސެނެޓައިޒާ ބޭނުން ކުރުމަށް ވަނީ ހިމަނާފައެވެ.

އަދި ހަމަ އެހެންމެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމުގެ ވެކްސިން ކާޑްވެސް އޮންނަން ޖެހެއެވެ. އަދި ވެކްސިން ހަމަނުކޮށް ތިބި މީހުންނަށްވެސް މޯލްތަކުގައިވާ ތިއޭޓަރތަކަށް ވަދެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ތިއޭޓަރ ތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި ސެނަޓައިޒް ކުރަން ޖެހޭނެކަން ވެސް ވަނީ މި އެސްއޯޕީ ގައި ބުނެފައެވެ. ސިނަމާ ހޯލަށް ވަދެވޭނީ ހޯލުގެ 50 އިންސައްތަ މީހުންނަށެވެ.

ކޮންމެ ފިލްމަކަށް ފަހު ތިއޭޓަރތައް ޑިސްއިންފެކްޓްވެސް ކުރަން ޖެހެއެވެ. އަދި ތިއޭޓަރ ތަކުން ކުރިއާ ހިލާފަށް އެއްވެސް ކާއެއްޗެއް ލިބެން ނުހުނާނެއެވެ. 22 އޮކްޓޯބަރުގައި ތިއޭޓަރތައް ހުޅުވާ ކަން ވަނީ ސަރުކާރުގެ ސަރކިއުލާއަކުން ވެސް ޔަގީން ކޮށްދީފައެވެ. މިހުއްދަ ދީފައިވީ ނަމަވެސް ރޭގަނޑު ދަންގަޑިތަކުގައި ބާއްވާ ޝޯވތަށް ބާއްވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.

ބެލެވޭ ގޮތުގައި މިކަންކަން ކަނޑައެޅުން އޮންނާނީ އެ ސިޓީއެއްގެ އިދާރާތުގެ އަތްމަތީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.