ސަލްމާނާއި ޅިޔަނުގެ ފިލްމް ނޮވެމްބަރު 26 ގައި

ސަލްމާނާއި ޅިޔަނުގެ ފިލްމް ނޮވެމްބަރު 26 ގައި

Author
ފާތިމަތު ނާވީ
20 އޮކްޓޯބަރ 2021 01:01
0

ބޮލީވުޑު ސުޕަރ ސްޓަރ ސަލްމާން ޚާންގެ ކުރިއަށްއޮތް ފިލްމް އަންތިމް ރިލީޒްކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

އަންތިމްގެ މޯޝަން ޕޯސްޓަރ ހިއްސާ ކުރަމުން ސަލްމާން ބުނެފައިވަނީ 26 ނޮވެމްބަރު 2021ގައި މި ފިލްމު ތިއޭޓަރުތަކުގައި އަޅުވާނެކަމަށެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާން ޚާން ފިލްމްސް އަދި ޒީ ސުޓޯޑިއޫ ގުޅިގެން އުފައްދާފައިވާ ފިލްމުން ފެނިގެންދާނީ ސަލްމާން ޚާނާއި އެކު އަޔުޝް ޝަރުމާއެވެ.

ޒީ އާއިއެކު މަސައްކަތްކުރުމަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައިވެސް ސަލްމާން ފާހަގަކޮއްފައިވެއެވެ. އަދި ޒީއަކީ އެތަށް އަހަރެއް ވަންދެން ސަލްމާންގެ މަސައްކަތްތަކުގެ ބައިވެރިއެއްކަން ފާހަގަކުރަމުން ރާދޭ، ބާރަތު، ރޭސް3 ފަދަ ފިލްމުތައް ފަދައިން އަންތިމްވެސް ކުރިއަށްއޮތް އަހަރުތަކުގައި ޒީއަށް ކުރިއެރުންތަކެއް ގެނެސްދޭނެކަމަށް އުއްމީދުކުރާކަމަށްވެސް ސަލްމާން ބުނެފައިވެއެވެ.

މި ފިލްމަކީ ނުގުޑާފަދަ އަޒުމެއްގައި ހުންނަ ގޭންގްސްޓަރ އަކާއި އެ ގޭންގުސުޓަރގެ ރޭވުންތަށް ނާކާމިޔާބު ކުރުމަށް މަސައްކަތްކުރާ ފުލުހެއްގެ ވާހަކައަކަށް ބިނާކޮއްފައިވާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.